އާދިއްތަ, November 1
މިޔަންމާއަށް 7.6 މެގްނިޓިއުޑްގެ ބިންހެލުމެއް އަތުވެއްޖެ
މިޔަންމާއަށް 7.6 މެގްނިޓިއުޑްގެ ބާރުމިނުގައި ބިންހެލުމެއް އަތުވެއްޖެއެވެ. މެޓް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި މި ބިންހެލުން އައިސްފައިވަނީ މިއަދު 11:32 ގައެވެ. މި ބިންހެލުން އައިސްފައިވަނީ ރާއްޖެއާ 3،121 ކިލޯމީޓަރު ދުރުންނެވެ. އަދި މި ބިންހެލުމުގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަށް ނުފެންނަ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ. ނަމަވެސް މި ބިންހެލުމުގެ އަސަރު ބަންގްލަދޭޝް، އިންޑިއާ، ލާއޯސް، ތައިލޭންޑް އަދި ޗައިނާގެ ވެސް ބައެއް ހިސާބުތަކަށް ވަނީ ކޮށްފައެވެ. މި ބިންހެލުމުގެ ސަބަބުން ތައިލެންޑްގެ ވެރިރަށް ބެންކޮކްގެ އިމާރާތެއް ވެއްޓި، މީހަކު މަރުވެފައިވެއެވެ. އަދި ބިންހެލުމުގެ ސަބަބުން ބެންކޮކްގެ އުސް ގިނަ އިމާރާތްތަކަކަށް ގެއްލުންވެފައިވާ ކަމަށް ބެންކޮކްގެ ގަވަރުނަރާ ހަވާލާދީ ރޮއިޓާސް އިން ރިޕޯޓުކުރެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު