Saturday, October 31
މަސްވެރިންނަށް މިހާތަނަށް 385 މިލިއަން ރުފިޔާ ދޫކޮށްފި: ރައީސް

މަސްވެރިން ކިރުވާ މަހަށް ގަވާއިދުން ފައިސާ ދައްކަން ފެށިފަހުން މިހާތަނަށް މަސްވެރިންނަށް ޖުމްލަ 385 މިލިޔަން ރުފިޔާ ދޫކޮށްފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިގޮތުން އިއްޔެ "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގައި ވާހަކަފުޅުދައްކަވަުން ރައީސް ވިދާޅުވީ ރިޔާސީ ވައުދުފުޅާ އެއްގޮތަށް މިދިޔަ ޑިސެންބަރު މަހުގެ 10 ވަނަ ދުވަހުން ފެށިގެން، މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުތެރޭ ސަރުކާރުން ފައިސާ ދޫކުރަން ފަށާަފައިވާ ކަމަށާއި، މިގޮތަށް ގަވާއިދުން ފައިސާ ދޫކުރަން ފެށިފަހުން މިހާތަނަށް 385 މިލިޔަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަަމަށެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ މި ސަރުކާރު ވެރިކަމާއި ހަވާލުވީ އިރު، މަސްވެރިން ކިރުވާފައިވާ މަހަށް 250 މިލިޔަން ރުފިޔާ ނުދީ ހުރި ކަމަށާއި، އެ ފައިސާވެސް މިހާރު ސަރުކާރުން ދައްކާ ހަލާސްކޮށްފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކޮށް، ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ސިނާއަތަށް މަސްވެރިކަން ހެދުން ކަމަށެެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު