ސްޓޫޑަންޓް ލޯން ޝަރީޢާ ކޮމްޕްލަޔަންޓް ކުރެއްވުމަށް ނިންމެވި ނިންމެވުމަށްޓަކައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ޝުކުރު ދަންނަވައިފިއެވެ.
ވަޒީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދަރިވަރުންގެ ތައުލީމަށް ސަރުކާރުން ދޫކުރާ ލޯން އިސްލާމީ ޝަރީއާ އެއްގޮތަށް ދޫކުރަން ރައީސް ޑރ. މުޢިއްޒު ނިންމެވި ތާރީޚީ ނިންމެވުމަށްޓަކައި ރައީސަށް ޝުކުރު ދަންނަވާ ކަމަށެވެ.
ދަރިވަރުންގެ ތައުލީމަށް ސަރުކާރުން ދޫކުރާ ލޯން އިސްލާމީ ޝަރީއާ އެއްގޮތަށް ދޫކުރަން ރައީސް @MMuizzu ޑރ މުއިއްޒު ނިންމެވި ތާރީޚީ ނިންމެވުމަށްޓަކައި ރައީސަށް ޝުކުރު ދަންނަވަން.ޒަމާން ތަކެއް ވަންދެން ޙައްލުނުވެ އޮތް މި މައްސަލައަށް ޙައްލެއް ލިބިގެން ދިޔަކަމީ ވަރަށް ހެޔޮ ނިންމެވުމެއް
— Mohamed Shaheem Ali Saeed (@Mohamedshaheem1) March 27, 2025
"ޒަމާން ތަކެއް ވަންދެން ޙައްލުނުވެ އޮތް މި މައްސަލައަށް ޙައްލެއް ލިބިގެން ދިޔަކަމީ ވަރަށް ހެޔޮ ނިންމެވުމެއް"، ވަޒީރު ވިދާޅުވިއެވެ.
ރާއްޖެއާއި ރާއްޖެއިން ބޭރުގައި މަތީ ތަޢުލީމާއި ތަމްރީން ހޯދަން ދޫކުރާ އަދި ދޫ ކޮށްފައިވާ ލޯނު ތަކަކީ، އިސްލާމީ ހަމަތަކަށް ފެތޭ، "ޝަރީޢާ ކޮމްޕްލަޔަންޓް" ލޯނުތަކަކަށް ހެދުމަށް ރައީސް ޑރ. މުޢިއްޒު ވަނީނިންމަވައިފައެވެ.
އެގޮތަށް ނިންމަވާ ރައީސް ވަނީ އެކަން ތަންފީޒުކުރުމަށް ކަމާބެހޭ ފަރާތްތަކަށް އިއްޔެ އަންގަވާފައެވެ. އެމްނިކުފާނުގެ އެކްސް އެކައުންޓްގައި ރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެއާ ރާއްޖޭން ބޭރުން ތަޢުލީމާ ތަމްރީނު ހޯދުމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން ދޫކުރާ ލޯނު ޝަރީޢާ ކޮމްޕްލަޔަންޓް ލޯނެއްގެ ގޮތުގައި ހަމަޖެއްސުމުގެ ގޮތުން ލޯނާއެކު ހިމެނިފައިވާ %1 އެޑްމިނިސްޓްރޭޓިވް ފީ ގެ ގޮތުގައި ނަގަމުންދާ އަދަދު އެއްކޮށް އުނިކުރަން ނިންމަވާފައިވާ ކަމަށެވެ.
މީގެ އިތުރުން ލޯނުގެ ގޮތުގައި ދޫކުރާ ފައިސާގެ އިތުރުން އެއްވެސް މިންވަރެއް އިތުރަށް ޗާޖް ނުކުރުމަށް ވަނީ އަންގާފައެވެ.
މިގޮތަށް ކުރިން ލޯނު ނަގައިފައިވާ ފަރާތްތަކުން ދައްކަން ހުންނަ ފައިސާއިން ވެސް، އެޑްމިނިސްޓްރޭޓިވް ފީ އުނިކޮށް އެދަރިވަރުންގެ ލޯނު އަދަދުތައް އަލުން އެޖަސްޓްކުރަން ރައީސް ވަނީ ހަޔަރ އެޑިޔުކޭޝަން އަށް އަންގާފައެވެ.
މި ލިޔުން ކިޔާލުމުން