Saturday, October 31
ހުރިހާ ފަގީރުންގެ މެދުގައި ޒަކާތް އެއްހަމައަކުން ބަހާ ބޮލަކަށް 4500 ރުފިޔާ

ހުރިހާ ފަގީރުންގެ މެދުގައި ޒަކާތް އެއްހަމައަކުން ބަހާ ކޮންމެ ފަގީރަކަށް، ފިތުރު ޒަކާތުގެ ގޮތުގައި މިއަހަރު 4500 ބަހާނެ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިރޭ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 1446  ވަނަ އަހަރު ފިޠުރު ޒަކާތް ބަހަނީ ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް އެއް ހަމައަކުން ކަމަށެވެ.

1446 ވަނަ އަހަރު ފިޠުރު ޒަކާތް ބަހަނީ ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް އެއް ހަމައަކުން ކަމުގައި ދަންނަވަން....

Posted by ‎މުޙައްމަދު ޝަހީމް ޢަލީ ސަޢީދު‎ on Thursday, March 27, 2025

މިގޮތުން ދަފްތަރުގައި ހިމެނޭ ކޮންމެ ފަރުދަކަށް 4500 ރުފިޔާއިން ފިޠުރު ޒަކާތް ލިބޭނެ ކަމަށާއި މިބަދަލަކީ ޒަކާތުގެ މަޤުޞަދުގައި ހިމެނޭ އިޖްތިމާޢީ އަދާލަތު ޤާއިމުކުރުމުގެ ގޮތުން ގެނެވުނު ބަދަލެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

'" މީގެ ކުރިން މިކަން ކުރާ ގޮތަކީ އެރަށަކުން ލިބޭ އެއްޗެއް އެކަނި އެރަށަކަށް ލިބެނީ. މިހެން މިކަން ކުރީމަ ބައެއް ރަށް ރަށުގައި ފަޤީރުންނަށް ލިބެނީ ވަރަށް މަދު އެއްޗެއް. މިހާރު ތަފާތަކީ މުޅިރާއްޖެއަކީ އެއްބައެއް ކަމުގައި ބަލައި އެގޮތުން ބެހުން"' މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިއީ ރާއްޖޭގެ ފިޠުރު ޒަކާތުގެ ތާރީޚުގައި ވެސް މި ގޮތަށފުރަތަމަ ފަހަރަށް ގެނެވުނު މިފަދަ ބަދަލުކަމަށެވެ.

'"މިއަހަރު ފިޠުރު ޒަކާތަށް މިވަގުތާ ހަމައަށް 12.4 މިލިއަން ރުފިއާ ލިބިފައިވޭ"' މިނިސްޓަރ ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު