Monday, November 2
ދަމަނަވެށީގެ އާންމު ޚިދުމަތްތައް ޢީދު ބަންދުގައި ނުލިބޭނެ

ފިތުރު ޢީދާ ގުޅިގެން ކަނޑައެޅިފައިވާ ބަންދު ދުވަސްތަކުގައި ދަމަނަވެށީގެ އާންމު ޚިދުމަތްތައް ނުލިބޭނެ ކަމަށް އެ މަރުކަޒުން މިއަދު ހާމަކޮށްފިއެވެ.

ނަމަވެސް، ދަމަނަވެށިން ބުނި ގޮތުގައި ޢީދު ބަންދުގައި އާންމު ޚިދުމަތްތައް މެދުކެނޑުނު ނަމަވެސް، ކޮންމެހެން ޖަހަންޖެހޭ ޓްރެވަލް ވެކްސިން ޖެހުމުގެ ޚިދުމަތް ވަކި އުސޫލެއްގެ ދަށުން ކުރިއަށް ގެންދެވޭނެއެވެ.

މި ޚިދުމަތް ހޯދުމަށް އެދޭ ފަރާތްތަކުން މުއްދަތު ހަމަނުވާ ޕާސްޕޯޓާއި، އައިޑީ ކާޑުގެ އިތުރުން، ބަންދު ދުވަސްތަކުގައި ފުރުމަށް ނަގާފައިވާ ޓިކެޓް ނުވަތަ ރަސްމީ ތައްގަނޑު ޖަހާފައިވާ ދަތުރުފަތުރުގެ ލިޔެކިޔުންތައް ހުށަހަޅަންޖެހޭނެ ކަމަށް އެ މަރުކަޒުން ވަނީ ބުނެފައެވެ.

އަދި ޓްރެވަލް ވެކްސިން ޖެހުމުގެ ޚިދުމަތް ހޯދުމަށް ބޭނުންވާ ފަރާތްތަކަށް ދަމަނަވެށީގެ ނަންބަރު 7267290 އަށް ވައިބަރ މެދުވެރިކޮށް މެސެޖް ކުރެވޭނެ ކަމަށްވެސް އެ މަރުކަޒުން ވަނީ މަޢުލޫމާތު ދީފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު