Monday, November 2
ކުރެންދޫގައި ވޯކް އެންޑް ޓޯކް ހަރަކާތެއް ކުރިއަށް ގެންގޮސްފި

ޅ. ކުރެންދޫ ރައްޔިތުންނަށް މުހިންމު މައުލޫމާތުތަކެއް ފޯރުކޮށްދިނުމުގެ ގޮތުން އެ ރަށު ޕޮލިސް ސްޓޭޝަނުން ވޯކް އެންޑް ޓޯކް ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ. މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ މި މަހުގެ 24 ވަނަ ދުވަހުގެ ހަވީރުގައެވެ.

މި ހަރަކާތުގައި ފުލުހުން ވަނީ ރަށުގެ އެކި ސަރަހައްދުތަކަށް ޒިޔާރަތްކޮށް، ރައްޔިތުންނާ ބައްދަލުކޮށް، ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންޓި ސްކޭމް ސެންޓަރުގެ މުހިންމު މައުލޫމާތުތައް ހިއްސާކޮށްފައެވެ. އަދި ސްކޭމްގެ މައްސަލަތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭ މައުލޫމާތު ވެސް ރައްޔިތުންނާ ހިއްސާކޮށްފައިވެއެވެ.

ހަމައެއާއެކު، ފުލުހުން ވަނީ ރަށުގެ ވިޔަފާރި ފިހާރަތަކަށް ޒިޔާރަތްކޮށް، ފިހާރަތަކުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭ މައުލޫމާތު ފޯރުކޮށްދީފައެވެ. މީގެ އިތުރުން، ވައްކަމާއި ފޭރުމުގެ މައްސަލަތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކުގެ މައުލޫމާތު ވެސް ހިއްސާކޮށްފައިވެއެވެ.

ފުލުހުން ވަނީ މިފަދަ ނޭދެވޭ ހާދިސާއެއް ހިނގައިފިނަމަ ވީ އެންމެ އަވަހަކަށް ފުލުހުންނަށް އެކަން ރިޕޯޓުކުރުމުގެ މުހިންމުކަން ފާހަގަކޮށް، އެކަމަށް ރައްޔިތުންނަށް ނަސޭހަތްތެރިވެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު