Saturday, October 31
އޮރެންޖް ހިޔާއިން ތެލަސީމިއާގެ ޚިދުމަތް ހޯދުމަށް ކުރާ ދަތުރު ހިލޭ

އޮރެންޖް ހިޔާއިން ތެލަސީމިއާގެ ޚިދުމަތް ފޯރުކޮށްދޭން ފެށުމުން ޚިދުމަތް ހޯދާ ފަރާތްތަކަށް ހިލޭ ދަތުރު ކުރެވޭނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އޮރެންޖް ހިޔާއަށް ތެލަސީމިއާ ސެންޓަރުގެ ޚިދުމަތް ބަދަލުކުރުމުގެ ކަންކަން ރަނގަޅަށް އަދި ޚިދުމަތް ހޯދާ ފަރާތްތަކަށް ފަސޭހަވާނެ ގޮތަށް ކުރިއަށްގެންދިއުމަށް އިރުޝާދު ދެއްވާފައިވާނެކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އޮރެންޖް ހިޔާއިން ތެލަސީމިއާގެ ޚިދުމަތް ފޯރުކޮށްދޭން ފެށުމުން ޚިދުމަތް ހޯދާފަރާތްތައް އެތަނަށް ދަތުރުކުރުމަށް، އެމް.ޓީ.ސީ.ސީގެ ބަސްހުއްޓިއެއް ހަމަޖެއްސުމާއެކު ހިލޭ ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެކަމުގެ އުފާވެރި ޚަބަރުވެސް އެމަނިކުފާނު ދެއްވިއެވެ.

ތެލެސީމިއާ ސެންޓަރުގެ މަސައްކަތް ނިންމުން ޤައުމީ ކަމެއްގެ ގޮތުގައި ކުރަން ސިފައިންނާއި ހަވާލުކުރަން ނިންމާފައެވެ.  މި މަސައްކަތް ހަވާލުކުރެއްވީ 1 މަސް ދުވަހުގެ ތެރޭގައި ނިންމުމަށްކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ސްޓޭޓް އޮފް ދި އާޓް، ތެލެސީމިއާ ޚިދުމަތްދޭ ތަނެއް ހެދުމަކީ މި ސަރުކާރުގެ ރިޔާސީ ވަޢުދެކެވެ. ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންނެވި މިއަދުގެ ޕޮޑްކާސްޓްގައި މިކަމަށް އަލިއަޅުއްވާލައްވައި އެމަނިކުފާނު ވިދާޅުވީ މި މަސައްކަތުގެ އަމަލީ މަސައްކަތްފެށުމަށް މިހާރު ތައްޔާރުވަމުންދާކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު