Saturday, October 31
ޒަކާތުގެ ގޮތުގައި ލިބުނު ގޮވާމުގެ ބާވަތްތައް މާދަމާ ބަހަން ފަށަނީ

1446 ވަނަ އަހަރު ފިޠުރުޒަކާތުގެ ގޮތުގައި ލިބިފައިވާ ގޮވާމުގެ ބާވަތްތައް މާދަމާއިން ފެށިގެން ބަހާނެ ކަމަށް ދިވެހިރާއްޖޭގެ ޒަކާތު ހައުސް އިން ބުނެފިއެވެ.

ޒަކާތު ހައުސިން އިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ މި އަހަރު ފިޠުރު ޒަކާތުގެ ގޮތުގައި މާލޭ ސިޓީން ބަލައިގަނެފައިވާ ގޮވާމުގެ ބާވަތްތައް ބެހުމުގެ މަސައްކަތް މާރިޗު 28 ވަނަ ދުވަހުން ފެށިގެން އިސްކަންދަރު ސްކޫލްގައި ކުރިއަށްދާނެ ކަމަށެވެ.

ޒަކާތު ހައުސިން އިން ބުނީ މި ތަކެތި ބެހުމަށް ހަމަޖެހިފައިވަނީ މާލޭ ސިޓީގެ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ކަމަށެވެ.

މިގޮތުން ފިޠުރު ޒަކާތުގެ ގޮތުގައި ގޮވާމުން ލިބުނު ތަކެތި ބެހުމަށް ހަމަޖެހިފައިވަނީ މާދަމާ 14:00 އިން 16:30 އަށް އަދި 21:30 އިން 23:00 އަށެވެ.

މީގެ އިތުރުން މާރިޗު 29 ވާ ހޮނިހިރު ދުވަހުގެ 10:00 - 12:00 އަށް، 13:00 - 15:00 އަށް އަދި 16:00 އަށް 17:00 ޒަކާތް ބެހުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު