Saturday, October 31
27 ވިލޭރޭ ޙަރަމްފުޅުގައި ރެކޯޑް ޢަދަދެއް- 3.4 މިލިއަން މީހުން ނަމާދުކުރި
ދުނިޔޭގެ އެކި ކަންކޮޅުތަކުން އުމްރާގެ އަޅުކަން އަދާކުރުމަށް މައްކާ އަށް ޖަމާވި މީހުންނާއި ސަޢުދީން ހަރަމްފުޅަށް ދިޔަ މީހުންނާ އެކު 3.4 މިލިއަނަށް ވުރެ ގިނަ މީހުން މާތްވެގެންވާ ހަރަމްފުޅުގައި ރޭ ނަމާދުކޮށްފައެވެ. ރެ އަކީ ރަމަޟާން މަހުގެ 27 ވިލޭރޭ އެވެ. ރަމަޞާން މަހުގެ 27 ވިލޭރޭ އަކީ ފަހު ދިހައިގެ އޮނަހިރި ރޭ ތަކުގެ ތެރެއިން ގިނަ އިލްވެރިން އެންމެ އިއްތިފާޤުވާ ލައިލަތުލް ޤަދުރިވިލޭރޭ ކަމަށް ބެލެވޭ ރޭވެސް މެއެވެ. އިސްލާމީ ކަލަންޑަރުގެ އެންމެ މަތިވެރި އެއް ރޭކަމަށް ބެލެވޭ ލައިލަތުލް ޤަދުރު ރޭގެ މަތިވެރި ސަވާބާއި ދަރުމަ ހޯދުމުގެ މަގްސަދުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުން އައިސްފައިވާ މުސްލިމުންނާއެކު މަސްޖިދުލް ޙަރާމްގެ ހަރިންމަ ފުރިގެން، ކައިރީގައިވާ މަގުތައް ވެސް ފުރޭ ވަރަށް ރޭ މީހުން ޖަމާވެފައިވެއެވެ. ރޭ މައްކާއަށް ވަނީ ވާރޭވެސް ވެހިފައެވެ. ހަރަމްފުޅުގައ ރޭ އިމާމުވެ ދަމުނަމާދު ކުރެއްވީ ދެ ހަރަމްފުޅުގެ އިސް އިމާމް އަބްދުއްރަހުމާން އައް ސުދައިސްއެވެ. މިދިޔަ އަހަރުގެ ރަމަޞާން މަހުގެ 27 ވިލޭރޭ މައްކާގެ ހަރަމްފުޅުގައި ނަމާދުކޮށްފައި ވަނީ 2.5 މިލިއަން މީހުންނެވެ. ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތަކުގައި ދުނިޔޭގެ މުސްލިމް ހުރިހާ ގައުމަކުން ވެސް ޢުމްރާގެ އަޅުކަމަށް މައްކާ އަށް ގިނަ ޢަދަދެއްގެ ބަޔަކު ދަތުރުކުރެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު