Friday, November 13
މާފުށީ ޖަލުގައި އާއްމުންނާއި އެކު އީދު ފާހަގަކުރަނީ
މިއަހަރުގެ ފިޠުރު ޢީދުގެ މުނާސަބަތުގައި ޙާއްޞަ ހަރަކާތްތަކެއް މާފުށީ ޖަލުގައި ކުރިއަށް ގެންދަން ނިންމައިފިއެވެ. މޯލްޑިވްސް ކަރެކްޝަނަލް  ސަރވިސް އިން ބުނީ ޚާއްޞަ ހަރަކާތްތަކާއެކު، މާފުށި ޖަލުގެ ދިވެހި ސަޤާފީ ގޯތީގައި، ޢާންމުންނަށް ހުޅުވާލައިގެން ބޭއްވުމަށް ހަމަޖެހިފައިވާ މި ޙަރަކާތް ކުރިއަށް ގެންދަނީ އާއްމުންނަށް ޓިކެޓް ދޫކޮށްގެންނެވެ. "ޢީދު ފިނިހިޔާ 1446"  ނަމުގައި މި ހަރަކާތް ކުރިއަށް ގެންދަނީ ފިތުރު އީދު ދުވަހުގެ ހަވީރު ހަތަރަކުން ހައެއް ޖެހުމާއި ހަމައަށެވެ. އަދި ޓިކެޓް ދޫކުރުން މިއަދުން ފެށިގެން ކުރިއަށްދާނެ ކަމަށް ކަރެކްޝަންސް އިން މައުލޫމާތުދެއެވެ. މިއަހަރުގެ ފިތުރު އީދު ކުލަގަދަކޮށް ފާހަގަކުރުން ރާއްޖޭގެ ހުރިހާ ރަށެއްގައި އޮންނާނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު