Saturday, October 31
ބޭނުންވާ އެއްޗެއް އަނެކާއާ ދިމާލަށް ކިޔުމަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމެއް ނޫން:ރައީސް

މީހަކު ބޭނުންވާހާ އެއްޗެއް އަނެކާއާ ދިމާލަށް ކިޔުމަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ނޫން ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ހާފިޒުން ދަސްވެނިވުމަށް ރޭ ބެއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކީރިތި ޤުރްއާނުގައި މަނާކުރައްވާފައިވާ ކަންކަމުން ދުރުހެލިވުމަށްވެސް ބާރުއަޅުއްވާފައެވެ. އެގޮތުން އަބުރަށް އަރައިގަތުމުންނާއި، ދެބައޮޑުވުމާއި، ދޮގުވާހަކަ ފެތުރުމުން ދުރުހެލިވުމަށް، އެމަނިކުފާނު ނަސޭހަތްތެރިވެ ވަޑައިގެންނެވިއެވެ.

ރައީސް ވިދާޅުވީ ކޮންމެ ހައްގަކާއެކު ހުދޫދުތައް ވެސް އޮންނަ ކަމަށެވެ.

" ސިޔާސީ ޚިޔާލު ތަފާތުވުމާއެކީގައި އެ ވާދަވެރިކަމުގެ ތެރެއިން ވެސް ގޮސް އަޅުގަނޑުމެން ކޮންމެ މީހެއްގެ ވެސް އަބުރަށް މި އަރައިގަންނަނީ، އެ ނޫން ކަންކަމުގެ ތެރޭގައި ވެސް، އާއިލީ މައްސަލަތަކުގެ ތެރޭގައި ވެސް، އޮފީސްތެރޭގައި ވެސް ދެން މިހެން ގޮސް ކޮންމެ ކުޑަކުޑަ ޖަމާއަތެއްގެ ތެރޭގައި ވެސް އެކަކު އަނެކަކުގެ އިންސާނީ ކަރާމަތަށް މި އަރައިގަންނަނީ" ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ރޭ ވަނީ ކީރިތި ޤުރުއާނާއި ރަސޫލާގެ ސުންނަތުގެ އަލީގައި ވަރަށް މުހިންމު ނަސޭހަތަކެއް ދެއްވާފައެވެ.

ކޮންމެ މީހެއްގެވެސް "ގައިޑުބުކް" ނުވަތަ އަމަލީ ގޮތުން ކަންކަން ކުރަންވީގޮތް ބަލައި، ކަންކަން ކުރަންވީގޮތް ދަސްކުރާ ފޮތަކަށް ކީރިތި ޤުރްއާން ހެދުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ. އަދި ކީރިތި ޤުރްއާނަކީ ހަމަ އެކަނި ޖަލްސާތަކުގައި ކިޔަވާލަން އޮންނަ ފޮތަކަށް ނުހަދައި، އަމަލީ ފޮތެއްކަމުގައި ހެދުމަށް އެމަނިކުފާނު ގޮވައިލެއްވިއެވެ. ހަމަ އެއާއެކު މި މުޖުތަމަޢުގައި ގެއްލެމުންދާ އިންސާނީ ކަރާމާތް، އަނބުރާ ގެނެވޭނީވެސް ކީރިތި ޤުރްއާނަކީ ކޮންމެ ދުވަހެއްގެވެސް އަމަލުތައް ބައްޓަންކުރާ ފޮތްކަމުގައި ހަދައިގެންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮންމެ މީހަކަށް ވެސް ކަރާމާތް ލިބިގެންވާ ކަމަށް ގުރުއާނުގައި ބަޔާންކުރައްވާފައިވާކަމާއި، އޭގެ މަފުހޫމަކީ ކޮންމެ މީހަކީ އަނެކާއަށް އިހުތިރާމު އަދާ ކުރަން ޖެހޭ މީހަކަށް ވާން ޖެހޭނެކަން ކަމަށް ރައީސް ވިދާޅުވިއެވެ.

"ތިމަންނަ މަތިވެފައި، އަނެއް މީހާ ދަށްކޮށްލާފައި، ތިމަންނަ ބޭނުންވާހާ އެއްޗެއް އަނެއް މީހާއާ ދިމާއަށް ބުނުމުގެ ހައްގަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމެއް ނޫން. ހައްގުތަކާ އެކީގައި އޭގެ ހުދޫދުތައް ވެސް އޮވޭ، ރައިޓްސްއާ އެކީ ލިމިޓޭޝަންސް އޮވޭ، އެހެންނޫނީ އިންސާނީ މުޖުތަމައެއް ހެޔޮ ގޮތުގައި ކުރިއަށް ނުދާނެ،" ރައީސް ވިދާޅުވިއެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު