Monday, November 2
މި ދައުރުގައި 1000 ޒުވާން ޚަތީބުން ތަމްރީނުކޮށް އުފައްދަވާނެކަމަށް ވަޒީރު ޝަހީމް ވިދާޅުވެއްޖެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ މި ދައުރުގައި 1000 ޒުވާން ޚަތީބުން ތަމްރީނުކޮށް އުފައްދަވާނެ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެ އެވެ.

"ޙާފިޘުން ދަސްވެނިވުމުގެ ރަސްމިއްޔާތު" ގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޑރ ޝަހީމް ވިދާޅުވީ، ޒުވާނުންގެ ތެރޭގައި އިސްލާމް ދީނަށް ލޯބި އުފެއްދުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށެވެ. އަދި އެ މަސައްކަތުގެ ތެރެއިން ޙާފިޘުން އުފެއްދުމާއި އިމާމުވެ ނަމާދު ކުރާނެ ޒުވާން ޚަތީބުން އުފެއްދުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށް ވެސް ވަޒީރު ޑރ ޝަހީމު ވަނީ ވިދާޅުވެފައެވެ.

ވަޒީރު ޑރ ޝަހީމް ފާހަގަކުރެއްވި ގޮތުގައި މި ދައުރުގެ އެންމެ ކުރީކޮޅު އެންމެ ބޮޑު އިސްކަމެއް ދެއްވައިގެން ކުރެއްވި މަސައްކަތަކީ ޒުވާން ޚަތީބުން އުފެއްދުމެވެ. އަދި މިހާތަނަށް 250 އަށް ވުރެ ގިނަ ޒުވާން ޚަތީބުން ތަމްރީނުކޮށް ނިމިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. މި ޒުވާނުންނަކީ މިހާރު ހުކުރު ޚުތުބާ ކިޔައި، އިމާމުވެ ހުކުރުކޮށް އަދި ތަރާވީހު ނަމާދު ކުރަމުންދާ ބައެކެވެ.

ވަޒީރު ޑރ ޝަހީމްގެ އަމާޒަކީ މި ދައުރު ނިމުމުގެ ކުރިން 1000 ޒުވާން ޚަތީބުން އުފެއްދުން ކަމަށާއި، އެ އަމާޒަށް ވާސިލުވެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވެސް ވިދާޅުވި އެވެ.

ޒުވާން ޚަތީބުން ތަމްރީނު ކުރަން ފެށުމާ ގުޅިގެން ވަރަށް ގިނަ ބައެއްގެ ތަޢުރީފު ސަރުކާރަށް ލިބެމުންދާއިރު މިއަދު މިންބަރުތަކުން ޒުވާން ޚަތީބުން ފެންނަމުން ދިއުމަކީ ގިނަ ބަޔަކުއެކަމާ އުފާކުރާ އަދި ފަޚުރުވެރިވާ ކަމެއްވެސްމެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު