Monday, November 2
ޤުރުއާނާބެހޭ ވަޤުފްއިމާރާތް އެޅުމަށް މާލެއިން ބިމެއް ހަމަޖައްސާފައވާ ކަމަށް ރައީސް ވިދާޅުވެއްޖެ

ކީރިތި ޤުރުއާނާ ބެހޭ ވަޤުފް އިމާރާތް އެޅުމަށް މާލެއިން މިހާރު ބިމެއް ހަމަޖައްސަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ކީރިތި ޤުރުއާން ހިތުދަސްކޮށްފައިވާ 24 ޙާފިޡުން ދަސްވެނިވުމުގެ މުނާސަބަތުގައި ބޭއްވުނު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިއަދު ދަސްވެނިވި 24 ހާފިޒުންނަކީ ޤައުމު ފަޚުރުވެރިވާންޖެހޭ ކަމެއް ނަމަވެސް، ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ހައިސިއްޔަތުން މިއަށްވުރެ އެތައް ގުނައެއް އިތުރަށް ހާފިޒުން ދަސްވެނިވާން ޖެހޭ ކަމަށެވެ. އަދި މިކަމަށްޓަކައި އެންމެން ގުޅިގެން މަސައްކަތްކުރުމަށް ރައްޔިތުންނަށް ގޮވާލެއްވިއެވެ.

"މިސަރުކާރުގެ އެންމެ ފަޚުރުވެރި މަތިވެރި ޒިންމާއެއްގެ ގޮތުގައި ދެކެނީ އަދި އަމަލީ ގޮތުންވެސް ކަންކަން ބައްޓަންވެފައި އޮންނާނީ އިސްލާމް ދީނަށް ނަސްރުދިނުމުގައި. އެއަށްވުރެ އިސްކަން ދޭނެ ސިޔާސަތެއް މިސަރުކާރުގަ ނޯންނާނެ،" ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ ކީރިތި ޤުރުއާނާ ބެހޭ ޚާއްސަ ވަޤުފް އިމާރާތެއް ހަމަޖެއްސުމުގެ މަސައްކަތް ފަހު 10 ދުވަހުގެ ތެރޭގައި ކުރައްވާފައިވާ ކަމަށެވެ. އަދި މިކަމަށް މާލެއިން ބިމެއް ހަމަޖައްސާފައިވާ ކަމަށާއި، އެކަމާ ބެހޭ ސިޓީ އިސްލާމިކް މިނިސްޓްރީއަށް އަވަހަށް ފޮނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިވަޤުފް އިމާރާތް ވެގެންދާނީ ފިކުރީ އަދި ހުރިހާ މާނައެއްގައިވެސް މުހިންމު އިންވެސްޓްމަންޓަކަށް ކަމަށާއި، އޭގެ ފުރިހަމަ ނަތީޖާ ކުރިއަށް އޮތްތަނުގައި ރައްޔިތުންނަށް ލިބިގެންދާނެ ކަމަށެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވީ ޤުރުއާން އުނގަންނައި ދިނުމުގެ ފަންނު ކުރިއަށް ގެންދިއުމަށް ވޭތުވެދިޔަ ދުވަސްތަކުގައި ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކަށްވެސް ގިނަ ކަންތައްތަކެއް ރޭވިފައިވާ ކަމަށެ

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު