އައްޑޫ ސިޓީގެ ކަރަންޓު މައްސަލަ ހައްލުކުރުމަށް އިންޑިއާއިން ގެނައި 1.8 މެގަވޮޓްގެ އިންޖީނާއެކު ދޯނި އައްޑޫއަށް ބަނދަރުކޮށްފިއެވެ.
ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ބުނީ އައްޑޫ ސެންޓްރަލް ޕަވަރ ސްޓޭޝަންގެ ޖެނެރޭޝަން ކެޕޭސިޓީ އިތުރު ކުރުމަށް އިންޑިއާއިން ގެނެވުނު 1.8 މެގަވޮޓް ގެ އައު އިންޖީނު ގެންދިޔަ ދޯނި މިހާރު އައްޑޫއަށް ބަނދަރު ކޮށްފައިވާ ކަމަށާއި، އިންޖީނު އަންލޯޑްކޮށް ސެންޓްރަލް ޕަވަރ ސްޓޭޝަނަށް ގެންދިއުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ.
އައްޑޫ ސެންޓްރަލް ޕަވަރ ސްޓޭޝަންގެ ޖެނެރޭޝަން ކެޕޭސިޓީ އިތުރު ކުރުމަށް އިންޑިއާއިން ގެނެވުނު 1.8 މެގަވަޓް ގެ އައު އިންޖީނު ގެންދިޔަ ދޯނި މިހާރު ވަނީ އައްޑޫ އަށް ބަނދަރު ކޮށްފައި. އަންލޯޑްކޮށް ސެންޓްރަލް ޕަވަރ ސްޓޭޝަނަށް ގެންދިއުމުގެ މަސައްކަތް ދަނީ ކުރެވެމުން. 48 ގަޑިއިރުތެރޭ މި… pic.twitter.com/RWrnNufxSW
— Fenaka Corporation Ltd (@TeamFenaka) March 26, 2025
ފެނަކައިން ބުނީ 48 ގަޑިއިރުތެރޭގައި މި އިންޖީނު އިންސްޓޯލްކޮށް ޚިދުމަތް ދޭން ފެށުމަށް ޓެކްނިކަލް ޓީމުން މަސައްކަތް ކުރަމުންދާ ކަމަށެވެ.
"ކަރަންޓުގެ ކެނޑުމުގެ ގިނަގުނަ ތަކުލީފުތަކާއެކުވެސް، އައްޑޫސިޓީގެ ލޮބުވެތި ރައްޔިތުން ކެތްތެރިކަން އިސްކުރައްވައި، ދައްކަވާ ފުރިހަމަ ނަމޫނާއާއި، މައްސަލަތައް ޙައްލުކުރުމަށް ކުންފުނިން ކެނޑިނޭޅި ކުރަމުންދާ މަސައްކަތްތަކަށް ދެއްވާ އެއްބާރުލެއްވުން މިފުރުޞަތުގައި ވެސް ތަކުރާރުކޮށް ފާހަގަކޮށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން"، ފެނަކައިން ބުންޏެވެ.
އައްޑޫ ސިޓީން މި ރޯދަ މަހުވެސް އިންޖީނުތައް މަރާމާތުކުރުމަށް ކަރަންޓްު ކަނަޑަން ޖެހެއެވެ. މިއަދުވެސް އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކަނޑަން ޖެހުނެވެ. އޭގެ ސަބަބުން އައްޑޫ ސިޓީގެ ރައްޔިތުން ދަނީ އިންތިހާއަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ފެނަކައިން ބުނަނީ އައްޑޫގައި ކަރަންޓުގެ މައްސަލަ ދިމާވަނީ ޒަމާންތަކެއް ވަންދެން އިންޖީނު މަރާމާތުނުކުރުމުގެ ސަބަބުން މައްސަލަ ދިމާވެގެން ކަމަށެވެ. މި މައްސަލަތައް ހައްލުކޮށް، އައްޑޫގެ ރައްޔިތުންނަށް ދިމާވެފައިވާ ކަރަންޓުގެ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.
މި ލިޔުން ކިޔާލުމުން