އއ. ރަސްދޫގައި މިދިޔަ ހޯމަ ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ދެމީހުންގެ އާއިލާގެ މެންބަރުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ހުސައިން މުޙައްމަދު ލަތީފް ބައްދަލުކުރައްވައިފިއެވެ.
މި ހާދިސާގައި ސީރިއަސް ޒަޚަމްތަކެއް ވެފައިވަނީ 31 އަހަރުގެ ފިރިހެނަކާއި އަންހެނަކަށެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއީ ދެމަފިރިންނެވެ. މި ދެމީހުންނަށް މިހާރު އިންދިާރު އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި އަންނަނީ ފަރުވާ ދެމުންނެވެ.
އަނިޔާވި ދެމީހުންގެ ހާލަތު ބެއްލެވުމަށާއި އެމީހުންގެ އާއިލާގެ މެންބަރުންނާ ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ހުސައިން މުޙައްމަދު ލަޠީފް މިއަދު އައިޖީއެމްއެޗަށް ވަޑައިގެންނެވިއެވެ. އައިޖީއެމްއެޗުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ދެމީހުންގެ ގައިގެ ވަރަށް ބޮޑު ބައެއް ވަނީ ފިހިފައެވެ. އަދި އެމީހުންގެ ހާލަތު ވަރަށް ސީރިއަސްކަމަށާއި، ސަލާމަތްވާނެ ކަމުގެ އުންމީދު ކުޑަކަމަށްވެސް ބުނެފައިވެއެވެ.
އަލިފާނުގެ ހާދިސާ ހިނގާފައިވަނީ މި ދެމަފިރިންގެ ނިދާ ކޮޓަރީގައެވެ. ނަމަވެސް، މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި އެނގިފައެއް ނުވެއެވެ. ފުލުހުން ދަނީ މިމައްްސަަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.
މި ލިޔުން ކިޔާލުމުން