ނަތަންޔާހޫގެ ސިޔާސަތުގެ ސަބަބުން އިސްރާއީލަކީ މިހާރު ފުނޑުފުނޑުވުމުގެ މަގުމަތީގައި އޮތް، ބައިބައިވެފައިވާ ގައުމެއް ކަމަށް އެގައުމުގެ މަޝްހޫރު ސިޔާސީ ފަރާތެއް ކަމުގައިވާ ޕަ ވްގް މޮޓް ބުނެފިއެވެ. ޕަ ވްގް މޮޓް އަކީ އެގައުމުގެ ގާނޫނުހަދާ މަޖިލީހުގެ ކުރީގެ މެމްބަރެކެވެ.
މިފަހުން ނަތަންޔާހޫ އިސްވެ ހުރެގެން ޝިން ބެޓްގެ ވެރިޔާ ރޮނެން ބާ ވަކިކޮށް، އިސްރާއީލުގެ އެޓާނީ ޖެނެރަލް ގަލީ ބަހާރަވް އިތުބާރު ނެތްކަމަށް ސަރުކާރުން ނިންމި ނިންމުމާ ދެކޮޅަށް ފާއިތުވި ދުވަސްތަކުގައި މުޅި އިސްރާއީލުގައި ދަނީ މުޒާހަރާ ކުރަމުންނެވެ.
ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި އިސްރާއީލުގެ ސަރުކާރު މިހާރު މިސްރާބު ޖަހާފައިވަނީ ވަރަށް ބޮޑު ދުސްތޫރީ ވަޅުގަނޑަކާއި ދިމާލަށެވެ. އަދި މިގޮތަށް ކަންތައް ދިމާވެފައިވަނީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސިޔާސަތުތަކުގެ ސަބަބުންނެވެ.
ނަތަންޔާހޫގެ އަމަލުތައް މިހާރު ހުރި ގޮތުން އިސްރާއީލުގެ މުޅި ވެރިކަން ފުނޑުފުނޑުވެދާނެ ކަމަށް އޭނާ ލަފާކޮށްފައިވެ އެވެ.
ނަމަވެސް ދިރާސާ ކުރާ ފަރާތްތަކުން ދެކޭ ގޮތުގައި އިސްރާއީލުގެ އެތެރޭގައި މިހާރު އޮތް ބައިބައިވުމަކީ ފަލަސްތީނުގެ މީހުންނާ ގުޅުން ހުރި ކަމެއް ނޫނެވެ.
އެގައުމުގެ ކަނާތުފިޔައިގެ މެރެޓްޒް ޕާޓީގެ ކުރީގެ މެމްބަރު މޮޝޭ ރާޒް މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ ބައިބައިވުން އޮތީ ޑިމޮކްރަސީ ބަލިކަށިކޮށް، ކޮރަޕްޝަން ކުރިއެރުވުމަށް، އަދި މީހުންގެ ހައްގުތަކަށް އަރައިގަތުމަށް ކުރާ ހުރިހާ ކަމަކަށް ތާއީދުކުރާ ނަތަންޔާހޫގެ ސަޕޯޓަރުންނާއި، އިސްތިއުމާރާ ދެކޮޅަށް އެކަށީގެންވާ ދެކޮޅުވެރިކަމެއް ނެތުމުން އޭނާއާ ދެކޮޅު މީހުންނެވެ.
ޝިން ބެޓްގެ ވެރިޔާ ރޮނެން ބާ ވަކިކުރުމާއި އެޓާނީ ޖެނެރަލް ގާލީ ބަހާރަވް-މިއާރާގެ އިތުބާރު ނެތްކަމަށް ސަރުކާރުން ނިންމުމާ ދެކޮޅަށް ފާއިތުވި ދުވަސްތަކުގައި އިސްރާއީލުގެ އާންމުން ފެށި މުޒާހަރާތައް ވަނީ މިހާރު ވަރަށްބޮޑަށް ހޫނުވެފައެވެ.
އަދި ރަހީނުކޮށްފައިވާ މީހުންގެ ފުރާނައަށް ނުރައްކާ ނުވާނެ ގޮތަށް އިސްރާއީލުން ޣައްޒާއަށް ދޭ ވައިގެ ހަމަލާތައް ހުއްޓުވުމަށް ވެސް މުޒާހަރާގެ ބައިވެރިން ދަނީ ޑިމާންޑް ކުރަމުންނެވެ.
މި ލިޔުން ކިޔާލުމުން