Friday, November 13
ރާއްޖޭގެ ތަރައްޤީއަށް ބަންގްލަދޭޝްއިން ފޯރުކޮށްދީފައިވާ ޚިދުމަތްތައް ފާހަގަކުރެވޭ: ފޮރިން މިނިސްޓަރ

ރާއްޖޭގެ ތަރައްޤީއަށް ބަންގްލަދޭޝްއިން ފޯރުކޮށްދީފައިވާ ޚިދުމަތްތައް ފާހަގަކުރެވޭކަމަށް ފޮރިން މިނިސްޓަރ ޑރ. އަބުދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ބަނގުދަލޭޝްގެ  މިނިވަން ދުވަހުގެ މުނާސަބަތުގައި، ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުގެ އެޑްވައިޒަރ ފޯ ފޮރިން އެފެއާޒް އަށް ފޮނުއްވި ތަހުނިޔާގެ މެސެޖުގައެވެ.

ދިވެހިރާއްޖެ އާއބަނގުލަދޭޝް އާއި ދެމެދު އޮތް ގާތް އެކުވެރި ގުޅުން ބިނާވެފައިވަނީ އިޙްތިރާމާއި ދެ ޤައުމުން ހިއްސާކުރާ ރަނގަޅު ސިފަތަކުގެ މައްޗަށެވެ. ދިވެހިރާއްޖޭގެ ތަރައްޤީއަށބަނގުދަލޭޝް އިން ފޯރުކޮށްދީފައިވާ އަދި ދެމުންގެންދާ އެހީ އާއި އެއްބާރުލުމަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން އެކަމަށް ޝުކުރު އަދާ ކުރާކަމަށްވެސް ވިދާޅުވިއެވެ.

ދެޤައުމުގެ ގުޅުން ކުރިއަށް އޮތްތަނުގައިވެސް ކުރިއަރާނެ ކަމަށާއި މިހާރު ވެސް ދެމުންދާ އެއްބާރުލުން ހަރުދަނާކޮށް، ކުރިއަށް އޮތް ތަނުގައިވެސް  ލިބިގެންދާނެ ކަމުގެ ޔަޤީންކަން މިނިސްޓަރ ވަނި ދެއްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު