ރާއްޖެ ޓީވީން ގެނެސްދިން ޕްރޮގްރާމެއްގައި އޯޓިސްޓިކް ކުދިންނަށް ޖޯކު ޖެހި މައްސަލައިގައި ފިޔަވަޅު އަޅައިދިނުމަށް އިޖްތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ މިނިސްޓްރީން ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޮޑްކޮމް) އަށް ހުށަހަޅައިފިއެވެ.
މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރާއްޖެ ޓީވީން 24 މާރިޗު 2023 ވަނަ ދުވަހު ގެނެސްދިން "ކާލާބައިސާ" ނަމަކަށް ކިޔާ ޕްރޮގްރާމެއްގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ނިސްބަތްކޮށް، ޚާއްޞަކޮށް އޯޓިޒަމް އަދި ޑައުން ސިންޑްރޯމް ހުންނަ ފަރާތްތަކާއި ކުޑަކުދިންގެ ކަރާމާތަށް އުނިކަން ލިބޭފަދަ ބަހުރުވައަކުން ވާހަކަދައްކާ އަމަލުކޮށްފައިވާ ކަމަށެވެ.
މިނިސްޓްރީން ބުނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ ރާއްޖެ ބައިވެރިވެފައިވާ އެންމެހާ ބައިނަލްއަގްވާމީ މުއާހަދާތަކުންނާއި ރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 35 ވަނަ މާއްދާއިން ޚާއްޞަ ރައްކާތެރިކަން ލިބިގެންވާ ފަރާތްތަކެއް ކަމަށެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނުގެ ދަށުން އެފަރާތްތަކުގެ ކަރާމާތަށް އިޙްތިރާމްކުރުމާއި އަމިއްލަވަންތަކަމާއި މިނިވަންކަމާއެކު ދިރިއުޅުމުގެ ފުރުޞަތު ލިބުމަކީ އެފަރާތްތަކަށް ލިބިގެންވާ ޙައްޤެއް ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މީގެއިތުރުން، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 53 ވަނަ މާއްދާގައި ކުޑަކުދިންގެ ޙައްޤުތަކަށް އުނިކަން ލިބޭގޮތަށް ވާހަކަދެއްކުމާއި، އެކުދިންގެ ޙައްޤުތަކަށް އުނިކަން ލިބޭފަދަ ކަންކަމަށް ހިތްވަރު ދިނުމަކީ މަނާކަމެއް ކަމުގައި ބަޔާންކޮށްފައިވާ ކަމަށްވެސް މިނިސްޓްރީ އިން ވަނީ ބުނެފައެވެ،
މި ލިޔުން ކިޔާލުމުން