Saturday, October 31
ވަޒީރު ރާފިޢު، ބީ.ޖީ ފުޓްސަލް ޗެލެންޖުގެ ފައިނަލް މެޗު ޝަރަފްވެރިކޮށްދެއްވައިފި

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު، ޢަބްދުﷲ ރާފިޢު ބީޖީ ފުޓްސަލް ޗެލެންޖުގެ ފައިނަލް މެޗު ޝަރަފްވެރިކޮށްދެއްވައިފިއެވެ.

ކޮންމެ ރޯދަ މަހެއްގައި ޒުވާނުންނަށް އަމާޒުކޮށް ބީޖީ ސްޕޯޓްސް ކުލަބުން ކުރިއަށްގެންދާ ފޯރިގަދަ ފުޓްސަލް މުބާރާތުގެ ފައިނަލްގައި ވާދަކުރީ އާރްޑީއެލް ސްޕޯޓްސް ކުލަބާއި، ޖޭޖޭ ސްޕޯޓްސް ކުލަބެވެ. މި މެދު 2-0 އިން ކާމިޔާބުކުރީ އާރްޑީއެލްއެވެ.

ފައިނަލް މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާ، އާރްޑީއެލްގެ ހުސައިން ޝަރީފަށާއި، ޗެމްޕިއަން ޓީމަށް އިނާމް ހަވާލްކޮށްދެއްވީ ވަޒީރު ރާފިޢުއެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކީ އާރްޑީއެލްގެ އަހުނަފް ރަޝީދު ކަމަށްވާއިރު، މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކީ ޕާކް ސްޕޯޓްސް ކުލަބުގެ ޝަނާން ރަޝީދުއެވެ. އަދި އެންމެ މޮޅު ކޯޗަކީ އާރްޑީއެލްގެ ޝައްފާން ހަސަންއެވެ.

ބީ.ޖީ ފުޓްސަލް ޗެލެންޖު 2025ގެ އެންމެ މޮޅު ހަތް ކުޅުންތެރިންނަށް ހޮވިފައި ވަނީ އާރްޑީއެލްގެ އަޔާޒް އަހުމަދު، ހުސައިން ޝަރީފް، ޒައިދާން އަހުމަދުގެ އިތުރުން ޖޭޖޭ ސްޕޯޓްސްގެ އިސްމާއިލް އީސަ އަދި އަލީ ހާފިޒްއެވެ.

މި މުބާރާތް މިހާތަނަށް ހަތަރު ފަހަރު ބާއްވާފައިވާއިރު، މި މުބާރާތުގެ ސަބަބުން ފުޓްސަލްގެ ހުނަރު އިތުރުވެ، މި ކުޅިވަރުގައި ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށް އިތުރު ފުރުސަތުތައް ހުޅުވިފައިވާ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ބުނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު