Monday, November 16
މިއަދު ހަވީރު 6:00 އިން ފެށިގެން ކަސްޓަމްސްގެ ބައެއް ސެކްޝަންތައް ބަންދުވާނެ

މިއަދު 18:00 އިން ފެށިގެން މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ބައެއް ސެކްޝަންތައް ބަންދުވާނެ ކަމަށް އެ އިދާރާއިން ބުނެފިއެވެ.

ކަސްޓަމްސް އިން ބުނީ މިރޭ ބަންދުވާ ސެކްޝަންތަކުގެ ޚިދުމަތް ދެން ފަށާނީ މާދަމާ ހެނދުނު 09:30 ގައެވެ.

މިރޭ ކަސްޓަމްސްގެ ބައެއް ސެކްޝަންތައް ބަންދުވިޔަސް، ތިރީގައިވާ ޚިދުމަތްތައް ލިބެމުންދާނެ ކަމުގައި އެ މުއައްސަސާއިން ހާމަކުރެއެވެ.

  • ޕެސެންޖަރ ކްލިއަރެންސް ސެކްޝަން
  • އެއރކާގޯ ޑޮކިއުމަންޓޭޝަން / އެގްޒަމިނޭޝަން ސެކްޝަން އަދި ކޫރިއަރ ކާގޯ ޔުނިޓް
  • ހާބަރ މެނޭޖްމަންޓް ސެކްޝަން / ސީޕޯޓް ސަވައިލަންސް އެންޑް އިންޓަރޑިކްޝަން ސެކްޝަން (ކަނޑު އުޅަނދު ފަހަރަށް ކްލިއަރެންސް ދޭންޖެހޭ ހާލަތްތަކުގައި)
  • ތިލަފުށި ކަސްޓަމްސް

މީގެ އިތުރުން ކަސްޓަމްސް އިން ބުނީ އަތޮޅުތަކުގައި ޤާއިމްވެފައި ހުރި އޮފީސްތަކުންވެސް މި ޚިދުމަތްތައް ލިބެމުންދާނެ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު