Friday, November 13
ހާފިޒުން ދަސްވެނިވުމުގެ ތާރީހީ ހަފްލާ މިރޭ

ދިވެހިރާއްޖޭގެ ތާރީޚްގައި ފުރަތަމަ ފަހަރަށް ކީރިތި ޤުރުއާން ހިތުދަސްކުރައްވާފައިވާ ހާފިޒުން ދަސްވެނިވުމުގެ ޚާއްޞަ ރަސްމިއްޔާތު މިރޭ އޮންނާނެއެވެ.

މި ރަސްމިއްޔާތުޝަރަފުވެރި ކޮށްދެއްވާނީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުއެވެ.

މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ މި ރަސްމިޔާތުގައި 20 އާއި 25 އާއި ދެމެދުގެ އަދަދެއްގެ ހާފިޒުން ދަސްވެނިވާނެ ކަމަށެވެ.

މޯލްޑިވްސް ކޮމިފިކޭޝަން އޮތޯރިޓީންވެސް މިހާރު ވަނީ ގުރުއާން ދަސްކުރާ ހާފިޒުންގެ ސަނަދު ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ ލެވެލް 4 ގެ ސެޓްފިކެޓާއި އެއް ލެވެލެގެ ސެޓެފިކެޓެއް ކަމަށް ނިންމާފައެވެ.

މީގެ ކުރިން އިސްލާމިކް މިނިސްޓަރ ވަނީ ދަސްވެނިން ގްރަޖުއޭޓްވުމަށް ބޭނުންކުރާނެ ގައުންއެއް ފަރުމާކުރަން ހުޅުވާލާފައެވެ. އެއާއި އެކު ހެޔޮ އެދޭ ފަރާތަކުން ވަނީ އެކަން ހިލޭ ކޮށްދިނުމަށް ނިންމާފައެވެ.

ދާދިފަހުން މިނިސްޓަރ ވަނީ މިގައުން ގެ ފޮޓޯއެއް އާއްމުކޮށްފައެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު