Saturday, October 31
ހަ އަތޮޅެއްގެ ކައުންސިލް އިދާރާގެ މަސައްކަތް ކުރާނެ ފަރާތްތައް ހޯދުމަށް އަންގައިފި: އާދަމް ޝަރީފް

‏ސަރުކާރުން އިމާރާތްކުރާ 55 ކައުންސިލްގެ ތެރެއިން ހަ އަތޮޅެއްގައި ކައުންސިލް އިދާރާތަކުގެ މަސައްކަތް ކޮށްދޭނެ ފަރާތްތައް ހޯދުމަށް އެ ރަަށްރަށުގެ ކައުންސިލްތަކަށް އަންގާފައިވާ ކަމަށް މިނިސްޓަރު އޮފް ސިޓީސް ލޯކަލް ގަވަރމެންޓް އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ރޭ ވިދާޅުވީ މި ކައުންސިލް އިދާރާތަކުގެ ތެރެއިން ހއ، ހދ، ށ، ނ، ރ އަދި ދ. އަތޮޅުގައި އިމާރާތްކުރާ ކައުންސިލް އިދާރާތަކުގެ މަސައްކަތް ކޮށްދޭނެ ފަރާތްތައް ހޯދުމަށް އެ ރަަށްރަށުގެ ކައުންސިލްތަކަށް މިހާރު އަންގާފައި ވާނެކަމަށެވެ.

އެކަމުގައި އުތީމު އުޅެނީ ވަރަށް ކުރީގައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު މިހެން ވިދާޅުވީ ހއ. އުތީމު ކައުންސިލްގެ އައު އިމާރާތް އިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާނު ކުރިކުރުމަށް އިޝާރާތް ކުރައްވަ އެވެ.

ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން މި 55 ކައުންސިލް އިދާރާ އެޅުމަށް ހަމަޖެހިފައިވާއިރު، ޕީއެސްއައިޕީ ޕްރޮޖެކްޓްގެ ތެރޭން އިތުރު 50 ކައުންސިލެއްގެ އިދާރާ ވެސް އިމާރާތްކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. ޕީއެސްއައިޕީ ޕްރޮޖެކްޓްގެ ތެރޭގައި ހިމެނޭ ކައުންސިލްތަކުގެ މަސައްކަތް ކައިރި ތާރީހެއްގައި ފެށިގެން ދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު