Monday, November 2
ގޯތިހިޔާނާތުގައި ހިމެނޭ އެންމެންގެ ޕާސްޕޯޓު ދޫކޮށްފި

ބިންވެރިޔާ ސްކީމާ ގުޅިގެން ދޫކުރި ގޯތިތަކުގެ މައްސަލައިގައި ތުހުމަތުކުރެވިގެން ޕާސްޕޯޓު ހިފެހެއްޓި އެންމެންގެ ޕާސްޕޯޓު އެމީހުންނާ ހަވާލިކޮށްފިއެވެ. ފުލުހުން ވަނީ ސަބަބު ނޫހަށް މިކަން ކަށަވަރުކޮށްދީފައެވެ.

ފުލުހުން ބުނި ގޮތުގައި، ބިންވެރިޔާ ސްކީމުގެ ގޯތި ހިޔާނާތުގެ މައްސަލައިގައި ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ހިމެނޭހެން ހިފަހައްޓާފައިވާ 24 މީހެއްގެ ޕާސްޕޯޓު މިހާރު ވަނީ އެ ހުރިހާ ފަރާތްތަކަކަށް އަނބުރާ ހަވާލުކޮށްފައެވެ.

ފުލުހުން ބުނީ ޕާސްޕޯޓު ހިފަހައްޓަން އެއްވެސް އަމުރެއް ނެތް ކަމަށާއި ޕާސްޕޯޓުތައް ދޫކޮށްފައިވާނޭ ކަމަށެވެ. އެހެންނަމަވެސް މި މައްސަލައިގެ ތަޙުޤީޤު އަދިވެސް ކުރިއަށްދާ ކަމަށާއި، މައްސަލައިގެ ތަޙުޤީޤު ނިމުމަކަށް އައިސްފައި ނުވާ ކަމަށްވެސް ފުލުހުން ބުނެޏެވެ.

މި މައްސަލައިގައި އެންމެ ބޮޑު ތުހުމަތެއް ކުރެވެނީ އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދަށެވެ. އޭނާގެ ބޭބެ އަދި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދަށް ވެސް މި ސްކީމުގެ ދަށުން ގޯއްޗެއް ލިބިފައިވާ ކަމަށް ބެލެވެއެވެ. ނަމަވެސް ފަހުން އޭނާއަށް ޝަރުތު ހަމަނުވާ ކަމަށް ބަޔާންކޮށްފައިވެއެވެ.

ފަޒުލް މި މައްސަލައާ ގުޅޭ ގޮތުން ކުރިން ބުނެފައިވަނީ، އެ ކަމުގައި އޭނާގެ މަސްލަހަތެއް ނެތް ކަމަށާއި، އެފަދަ މައްސަފަދަ މައްސަލައެއް ފެންމަތިވީ އޭނާގެ ބޭބެއާ ގުޅޭ ގޮތުން ކަމަށްވުމަކީ އިއްތިފާގެއް ކަމަށެވެ. މި މައްސަލައިގައި ފަޒުލް ސަސްޕެންޑުކުރި ފަހުން އޭނާ ވަނީ ތަހުގީގަށް ފުރުސަތު ދެއްވަން ކަމަށް ވިދާޅުވެ، އަމިއްލައަށް މަގާމުން އިސްތިއުފާދެއްވައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު