މުޖުތަމައުގެ އެހެންމީހުންނެކޭ އެއްގޮތަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް އިންސާނީ ހައްޤުތައް އެއްހަމައެއްގައި ލިބިދީފައިވާ ކަމަށާއި ކޮންމެ މީހަކަށްވެސް އަބުރުވެރިކަމާ ކަރާމާތްތެރިކަމާއެކު ދިރިއުޅުމުގެ ހައްޤު ލިބިދީފައިވާކަން ކޮމިޝަނުން ވަނީ ފާހަގަކޮށްފައެވެ. " މިފަދަ އަމަލުތައް ނުކުރުމަށާއި އަދި މީޑިއާތަކުން މައުލޫމާތު ގެނެސްދޭއިރު އިންސާނީ ހައްޤާ އިންސާނީ ކަރާމާތަށް އުނިކަން ނާންނާނެފަދަ ގޮތަކަށް ގެނެސްދިނުމަށް ސަމާލުކަން ދިނުމަށް ކޮމިޝަނުން ހުރިހާ މީޑިއާތަކަށް އިލްތިމާސްކުރަމެވެ" ކޮމިޝަނުން މިއަދު ބުނެފައިވެއެވެ. ހިއުމަން ރައިޓްސް އިން ވަނީ މިފަދަ މައްސަލަތައް ބެލުމަށް ކަމާގުޅުންހުރި އިދާރާތަކަށް ގޮވާލާފައެވެ.2025 މާރިޗު 22 ވަނަ ދުވަހުގެ ރޭ ރާއްޖެ ޓީވީގެ "ކާލާ ބައިސާ" ޕްރޮގްރާމްގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކުޑައިމީސްކޮށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ ދަށް ބައެއްގެ ގޮތަށް އަދި މަލާމާތް ރައްދުވާ މޭރުމަކުން ވާހަކަދައްކާފައިވާތީ އެކަން މި ކޮމިޝަނުން…
— HRC of the Maldives (@hrcmv) March 25, 2025

މީޑިއާތަކުން މައުލޫމާތު ގެނެސްދޭއިރު އިންސާނީ ހައްޤާ އިންސާނީ ކަރާމާތަށް އުނިކަން ނާންނާނެފަދަ ގޮތަކަށް ގެނެސްދިނުމަށް ސަމާލުކަން ދިނުމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ހުރިހާ މީޑިއާތަކަށް އިލްތިމާސްކޮށްފިއެވެ.
2025 މާރިޗު 22 ވަނަ ދުވަހުގެ ރޭ ރާއްޖެ ޓީވީގެ '"ކާލާ ބައިސާ"' ޕްރޮގްރާމްގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކުޑައިމީސްކޮށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ ދަށް ބައެއްގެ ގޮތަށް އަދި މަލާމާތް ރައްދުވާ މޭރުމަކުން ވާހަކަދައްކާފައިވާތީ އެކަން މި ކޮމިޝަނުން ވަނީ ކުށްވެރިކޮށްފައެވެ.
މި ލިޔުން ކިޔާލުމުން





