Monday, November 2
ކެޔޮދޫގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިންމާލައިފި

ވ. ކެޔޮދޫގައި ސަރުކާރުން ކުރިއަށްގެންދިޔަ ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިންމާލައި، އޮޕަރޭޓަރާ ހަވާލުކޮށްފިއެވެ.

މިވަގުތު އެ ނިޒާމު ޓެސްޓްކުރުމުގެ ގޮތުން އަގު ނުނަގައި ޚިދުމަތް ފޯރުކޮށްދެމުންދާކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާއާބެހޭ ވުޒާރާއިން ވަނީ މަޢުލޫމާތު ދެއްވައިފައެވެ.

އެ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި މި މަޝްރޫޢުގެ ދަށުން 45 ޓަނުގެ 2 އާރްއޯ ޕްލާންޓާއި 345 ޓަނުގެ ބޯފެން ރައްކާކުރާ 2 ޓޭންކް ބަހައްޓާފައިވެއެވެ.

މީގެއިތުރުން 960 ޓަނުގެ ވާރޭފެން ރައްކާކުރާ 1 ޓޭންކްވެސް ވަނީ ބަހައްޓާފައެވެ. އަދި ނަރުދަމާ ނިޒާމަށް 3 ޕަންޕިން ސްޓޭޝަނާއި 4.3 ކިލޯ މީޓަރުގެ ފެނުގެ ވިއުގައަކާއި 3.9 ކިލޯ މީޓަރުގެ ނަރުދަމާ ވިއުގައެއް އަޅާފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ދަށުން 27 ކިލޯވޮޓުގެ ސޯލަރ ޕެނަލްވެސް ވަނީ ހަރުކޮށްފައެވެ. 2023 ވަނަ އަހަރު މަސައްކަތް ފެށި މި މަޝްރޫޢު ކުރިއަށް ގެންގޮސްފައިވަނީ ދިވެހި ދައުލަތުގެ ޚަރަދުގައި ސާސްއީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުންނެވެ.

ފާހަގަކޮށްލެވޭ ކަމަކީ މިމަހުގެ ތެރޭގައި ވ. ފެލިދޫގެ ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތްވެސް ވަނީ ނިންމާލާފައިވުމެވެ.

އަދި މިދިޔަ މަހު ގދ. ފަރެސްމާތޮޑާއާއި ލ. އިސްދޫގެ އިތުރުން ލ. ގަމުގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމްކުރުމުގެ މަސައްކަތްވެސް ވަނީ ނިންމާލާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު