ފުލުހަކު ޑިއުޓީ ފްރީއިން ސިނގިރޭޓު ކާޓަންތަކެއް ވަގަށް ބޭރުކުރަން އުޅުނު މައްސަލައެއް ފެންމަތިވެގެން އުޅޭކަމަށް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. އެހެން ނަމަވެސް މިކަމާއި ގުޅޭގޮތުން ފުލުހުން އަދި އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ. ސިގިރޭޓްގެ ޑިއުޓީ ބޮޑުކުރުމާއި، ރާއްޖޭގައި ވޭޕް މަނާކުރުމާއި އެކު ޤަވާއިދާއި ޚިލާފަށް ސިގިރޭޓް އެތެރެކުރުމާއި ވޭޕް ގެނައުމުގެ މައްސަލަތައް ދަނީ ފެންމަތިވަމުންނެވެ.ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޑިޕާޗަރ ޓަރމިނަލުން ނެރެގެން ގެންދަން އުޅުނު ޑަސްބިން ބޭގްތަކެއް ކަސްޓަމްސް އިން ޗެކް ކުރި އިރު، ސިނގިރެޓް ކާޓަން ތަކެއް ފެނުނު މައްސަލައެއް މި އޮފީހުން މި ދަނީ ތަހުޤީޤުކުރަމުންނެވެ.
— Maldives Customs Service (@CustomsMv) March 25, 2025

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޑިޕާޗަރ ޓަރމިނަލުން ނެރެގެން ގެންދަން އުޅުނު ސިނގިރެޓް ކާޓަން ތަކެއް ފެނުނު މައްސަލައެއް ތަހުޤީޤުކުރަމުން އަންނަ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ބުނެފިއެވެ.
ކަސްޓަމްސް އިން ބުނީ ސިގިރޭޓް ކާރޓަންތައް އަތުލައިގަތީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޑިޕާޗަރ ޓަރމިނަލުން ނެރެގެން ގެންދަން އުޅުނު ޑަސްބިން ބޭގްތަކެއް ކަސްޓަމްސް އިން ޗެކް ކުރި އިރު ކަމަށެވެ.
މި ލިޔުން ކިޔާލުމުން





