މިއަހަރުގެ ފުރަތަމަ 10 ހަފްތާ ނިމުނުއިރު ދައުލަތުގެ ޚަރަދަށްވުރެ އާމްދަނީ އިތުރުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ފިނޭންސް މިނިސްޓްރީގެ ''ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް'' ރިޕޯޓުން ދައްކާގޮތުން މިއަހަރުގެ ޖަނަވަރީ 1 އިން ފެށިގެން މާރިޗު 13ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް 7.8 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، ދައުލަތުގެ ޚަރަދުތައް ހުރީ 6.5 ބިލިޔަން ރުފިޔާގައެވެ.
މިއީ ޚަރަދަށްވުރެ އާމްދަނީ 1.3 ބިލިޔަން ރުފިޔާ އިތުރުވުމެކެވެ.
މިއަހަރުގެ ފުރަތަމަ 10 ހަފްތާގެތެރޭ އާމްދަނީގެގޮތުގައި ލިބިފައިވާ 7.8 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީގެ އަދަދު ކަމުގައިވާ 7.4 ބިލިޔަން ރުފިޔާއާ އަޅާ ބަލާއިރު %5.4 އިތުރު އަދަދެކެވެ.
ޓީޖީއެސްޓީގެ ޖުމުލަ އާމްދަނީއަށް 5 ޕަސެންޓުގެ އިތުރުވުމެއް
މި އަހަރުގެ މިހާތަނަށް ޓޫރިޒަމް ޖީއެސްޓީ (ޓީޖީއެސްޓީ) އަށް 10 ޕަސެންޓުގެ އިތުރުވުމެއް ލިބިފައިވާއިރު ޖުމްލަ އާމްދަނީ ފަސް ޕަސެންޓް އިތުރުވެފައިވާ ކަމަށް ދއްކައެވެ.
ހަފުތާގެ މާލީ ހިސާބުތައް ދައްކާ ގޮތުގައި އިމްޕޯޓް ޑިއުޓީ ނޫން ހުރިހާ އާމްދަނީއެއް ވަނީ މަތިވެފަ އެވެ. މިގޮތުން ޓެކުހުގެ އާމްދަނީގެ ގޮތުގައި މިހާތަނަށް އެއް ޕަސެންޓުގެ އިތުރުވުމަކާއެކު 6.3 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިދިޔަ އަހަރު ލިބުނީ 6.2 ބިލިއަން ރުފިޔާ އެވެ. އަދި ޓެކްސް ނޫން ގޮތްގޮތުން އާމްދަނީގެ ގޮތުގައި މި އަހަރު 1.5 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިދިޔަ އަހަރު ލިބުނީ 1.2 ބިލިއަން ރުފިޔާ އެވެ.
އާމްދަނީ އިތުރުވި ބައިތައް
- ޓީޖީއެސްޓީ - މި އަހަރު 2.4 ބިލިއަން | މިދިޔަ އަހަރު 2.2 ބިލިއަން
- ޖީޖީއެސްޓީ - މި އަހަރު އެއް ބިލިއަން | މިދިޔަ އަހަރު 947.4 މިލިއަން
- ގްރީން ޓެކްސް - މި އަހަރު 341.7 މިލިއަން | މިދިޔަ އަހަރު 213.4 މިލިއަން
- އިމްޕޯޓް ޑިއުޓީ - މި އަހަރު 505 މިލިއަން | މިދިޔަ އަހަރު 651.3 މިލިއަން
- އޭޑީސީ / ޑިޕާޗާ ޓެކްސް - މި އަހަރު 284.4 މިލިއަން | މިދިޔަ އަހަރު 211.1 މިލިއަން

ޓޫރިޒަމް ޖީއެސްޓީގެ ގޮތުގައި މިހާތަނަށް 2.4 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މި ޓެކުހުން މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 2.2 ބިލިއަން ރުފިޔާ އެވެ. މިއީ ގާތްގަނޑަކަށް 10 ޕަސެންޓުގެ އިތުރުވުމެކެވެ. މީގެ އިތުރުން މިދިޔަ އަހަރާ އަޅާބަލާއިރު ގްރީން ޓެކުހުގެ އާމްދަނީއަށް ވަނީ 60 ޕަސެންޓުގެ އިތުރުވުމެއް ލިބިފަ އެވެ.
ޓެކުސް ނޫން އާމްދަނީގެ ތެރޭން އިތުރުވީ ފީ އާއި ޗާޖުގެ ގޮތުގައި މި އަހަރު ލިބުނު އެއް ބިލިއަން ރުފިޔާ އެވެ. މި ބައިން މިދިޔަ އަހަރު ލިބިފައިވަނީ 511 މިލިއަން ރުފިޔާ އެވެ. މީގެ އިތުރުން އެއާޕޯޓް ޑިވްލޮޕްމަންޓް ފީގެ ގޮތުގައި 283.6 މިލިއަން ލިބިފައިވެ އެވެ.
ފިނޭންސުގެ ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް ހިލޭ އެހީގެ ގޮތުގައި ލިބިފައިވަނީ 43.9 މިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރު ހިލޭ އެހީއަށް ލިބުނީ 28.7 މިލިއަން ރުފިޔާ އެވެ.
ފިނޭންސް މިނިސްޓްރީން އިއްޔެ އާއްމުކުރި "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް" ރިޕޯޓުން ދައްކާގޮތުން މިއަހަރުގެ ޖެނުއަރީ 1 އިން ފެށިގެން މާޗު 13 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް 7.8 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، ދައުލަތުގެ ޚަރަދުތައް ހުރީ 6.5 ބިލިއަން ރުފިޔާގަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 16 ޕަސެންޓް ދަށް އަދަދެއް ކަމަށް އެ ރިޕޯޓުން ދައްކަ އެވެ.
މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ލޯނުތައް ދެއްކުމަށް ކުރި ހޭދައާއެކު ދައުލަތުގެ ހަރަދު ހުރީ 9.4 ބިލިއަން ރުފިޔާގަ އެވެ. މި އަދަދު މިދިޔަ އަހަރުގެ މި މުއްދަތުގައި ހުރީ 9.1 ބިލިއަން ރުފިޔާގަ އެވެ.
އާމްދަނީގެ ގޮތުގައި މިއަހަރު ލިބިފައިވާ 7.8 ބިލިޔަން ރުފިޔާގެ ތެރޭގައި ހިމެނެނީ ޓެކްސް އާމްދަނީގެ ގޮތުގައި 6.3 ބިލިއަން ރުފިޔާ އާއި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ އެވެ. އަދި މި މުއްދަތުގެ ތެރޭގައި ހިލޭ އެހީގެ ގޮތުގައި 43.9 މިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް މާލީ ރިޕޯޓުން ދައްކަ އެވެ.
މިއަހަރުގެ ފުރަތަމަ 10 ހަފްތާގެ ތެރޭގައި ދައުލަތުން ކުރި ޚަރަދުގެ އެންމެ ބޮޑު ބައެއް ހޭދަކޮށްފައި ވަނީ ރިކަރަންޓް ހަރަދުތަކަށެވެ. އެއީ 6.1 ބިލިއަން ރުފިޔާ އެވެ. އަދި ކެޕިޓަލް ހަރަދުތަކަށް 428 މިލިޔަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ދައްކަ އެވެ.
މި އަހަރުގެ ބަޖެޓަކީ 56.6 ބިލިއަން ރުފިޔާ އެވެ. މި ބަޖެޓުގައި ހިލޭ އެހީއާއި އާމްދަނީގެ ގޮތުގައި 39.7 ބިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކޮށްފައިވެ އެވެ. އެއީ ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރާ 2.5 ބިލިއަން ރުފިޔާއާއި، އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރާ 37.2 ބިލިއަން ރުފިޔާ އެވެ.
މި ލިޔުން ކިޔާލުމުން