Monday, November 2
ޕެންޝަން އޮފީހުން "3 ޖެނެރޭޝަންވޯކް" މިއަހަރުވެސް ބާއްވަން ނިންމައިފި

ޕެންޝަން އޮފީހުން އިންތިޒާމުކޮށްގެން ބާއްވާ "3 ޖެނެރޭޝަން ވޯކް" ނަމުގައި ބޮޑު ހިނގާލުމެއް އަންނަ މަހުގެ 12 ވަނަ ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ނިންމައިފިއެވެ.

މި ހިނގާލުމަކީ ތިން ޖީލު އެކުއެކީގައި ބައިވެރިވެވޭ ގޮތަށް އިންތިޒާމުކުރާ ހަރަކާތެއް ކަމަށް ޕެންޝަން އޮފީހުން މައުލޫމާތު ދީފައިވެއެވެ. މި ހަރަކާތުގައި ކުޑަކުދިންނާއި، މައިންބަފައިންނާއި އަދި ދޮށީ އުމުރުގެ ފަރާތްތަކަށް ބައިވެރިވެވޭނެއެވެ.

ޕެންޝަން އޮފީހުން ބުނެފައިވާ ގޮތުގައި، މި ހަރަކާތުގެ މައިގަނޑު މަޤްޞަދަކީ ދޮށީ އުމުރުގެ މީހުންނަށް އާއިލާތަކާއެކު އުފާވެރި މާހައުލެއްގައި ވަގުތު ހޭދަކުރުމުގެ ފުރުސަތު ހޯދައިދިނުމެވެ. އަދި މީގެ އިތުރުން އެ އޮފީހުގެ މަސައްކަތްތަކާ ގުޅޭ އެކި ދާއިރާތަކުން މައުލޫމާތު ފޯރުކޮށްދީ، އާންމުން ހޭލުންތެރިކުރުވުމެވެ.

މި ހަރަކާތުގައި ހިނގާލުމުގެ އިތުރުން ސްޓޯލްތަކާއި މުނިފޫހިފިލުވުމުގެ އެކި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ. މި ހިނގާލުމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް https://3genwalk.pension.gov.mv/ މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު