Friday, November 13
ތެލެސީމިއާ ސެންޓަރުން އެއްވެސް މުވައްޒަފަކު ވަކި ނުކުރޭ: ހެލްތު މިނިސްޓްރީ

ތެލެސީމިއާ ސެންޓަރުގެ އެއްވެސް މުވައްޒަފަކު މަޤާމުން ވަކިކޮށްފައި ނުވާނެ ކަމަށް ހެލްތު މިނިސްޓްރީޏް ވިދާޅުވެއްޖެއެވެ.

ހެލްތު މިނިސްޓްރީން ބުނީ މިނިސްޓްރީގެ ދަށުން ހިންގާ އެހެން ތަނަކަށް ދެ މުވައްޒަފުން ބަދަލުކޮށްފައިވާ ކަމަށެވެ.

އެގޮތުން ތެލެސީމިއާ ސެންޓަރުގެ ޑިރެކްޓަރު އަހުސަން ހުސައިނާއި ބްލަޑް ބޭންކުގެ ޕަބްލިކް ހެލްތު ކޯޑިނޭޓަރު ފައިސަލް އިބްރާހީމް ވަނީ އެހެން ތަނަކަށް ބަދަލުކޮށްފައެވެ.

ފައިސަލް ބަދަލުކުރީ ދަމަނަވެށްޓަށެވެ. އަދި އަހުސަން ބަދަލުކުރީ ރީޖަނަލް އެންޑް އެޓޯލް ހެލްތު ސާވިސް ޑިޕާޓްމެންޓަށެވެ.

ތެލެސީމިއާގެ ފަރުވާ އާއި މެދު ހިތްހަމަނުޖެހުން މިދިޔަ ހުކުރުދުވަހުގެ ރޭ ތެލެސީމިއާ ކުދިންނާއި ބެލެނިވެރިން ވަނީ ފާޅުކޮށްފައެވެ. އެކަމާއި ގުޅިގެން އޭގެ އަނެއްދުވަހު ހެނދުނު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ތެލެސީމިއާ ސެންޓަރަށް ވަޑައިގެން އެ ތަނުގެ ހާލަތު ބައްލަވާ،  ބެލެނިވެރިންގެ ކަންބޮޑުވުންތައް ވެސް އަޑުއައްސަވައިފަ އެވެ.

ރައީސް ވަނީ މައްސަލަތައް ހައްލު ކުރެވެން ހުރި ހުރިހާ ކަމެއް ހައްލު ކުރުމަށް ކަމާ ގުޅޭ އިދާރާތަކުގެ ވެރިންނާ މަޝްވަރާ ކުރައްވައިގެން ފިޔަވަޅު އަޅުއްވާނެ ކަމުގެ ޔަގީންކަން ވެސް އެ ދުވަހު އާންމުކޮށް ދެއްވައިފަ އެވެ. އެއާއި އެކު އިއްޔެ މޯލްޑިވިއަން ބްލަޑް ސަރވިސް އަށް އިއްޔެ ވަނީ ޑިރެކްޓަރ ޖެނެރަލް އެއް އައްޔަންކުރައްވާފައެވެ.

ރައީސް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ތެލެސީމިއާ ކުދިންގެ ފަރުވާގެ ކަންކަން ރަނގަޅަށް ކުރިއަށް ދާނެކަމަށެވެ. އެކަން ކުރައްވާނީ ސީދާ އެމަނިކުފާނުގެ ބެލުމުގެ ދަށުން ކަމަށް ރައީސް ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު