Saturday, October 31
ހުވަދުއަތޮޅުގެ ރަށްތައްވެސް ދިއްލުމުގެ މަސައްކަތް ފަށައިފި

ފިޠުރު ޢީދަށްހުވަދުއަތޮޅުގެ ބައެއް ރަށްތައް ދިއްލުމަށް ކުރަންޖެހޭ މަސައްކަތް ފެށިގެން ކުރިއަށްދާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

މިގޮތުން އެ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ސިޓީގައާއި ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީގައިވެސް ބޮކިތައް ހަރުކުރުމުގެ މަސައްކަތް ފެށިގެން ފޯރިއާއެކު ވަރަށް ބާރަށް ކުރިއަށް އެބަދެއެވެ.

މީގެ އިތުރުން އެ ވުޒާރާއިން ބުނީ މި އަހަރު އަލަށް ދިއްލަން ހަމަޖެހުނު ގއ. ދާންދޫއާއި، ގއ. ގެމަނަފުށްޓާއި، ގދ. ގައްދޫއާއި އަދި ގދ. މަޑަވެއްޔަށް ލައިޓްތައް ފޮނުވުމުގެ މަސައްކަތްވެސް އިއްޔެ ފެށިފައިވާ ކަމަށާއި، ލަސްވެގެން މިއަދުގެ ވަގުތެއްގައި އެ ރަށްތަކަށް ވެސް ލައިޓްތައް ލިބޭނެ ކަމަށް އުއްމީދުކުރެވޭ ކަމަށެވެ.

އަތޮޅުތެރޭގެ ރަށްރަށާއި ސިޓީތައް ޢީދަށް ދިއްލުމުގެ މަސައްކަތް ކުރިއަށްދަނީ ކައުންސިލާއި، ފެނަކަ އަދި ސްޓެލްކޯގެ މުވައްޒަފުންގެ ވަރަށް ބޮޑު އެހީތެރިކަމާއެކު ކަން އެ ވުޒާރާއިން ފާހަގަކުރެއެވެ.

ޢީދަށް ދިއްލުމަކީ ކުޑަކުދިންނަށާއި، ޒުވާނުންނަށް އަދި ޢުމުރުން ދުވަސްވީ މީހުންނަށް ވެސް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދާ ކަމެކެވެ.

ޢީދު ދިއްލުން އަތޮޅުތެރޭގައި ފެށިފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި މިދިޔަ އަހަރެވެ. އެ ގޮތުން މި އަހަރު ޖުމުލަ 65 ރަށެއް ޢީދު އަލިން ދިއްލައިލެވޭނެ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ޢީދު ދިއްލުމުގެ ކޮމިޓީން ހާމަކުރެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު