އާދިއްތަ, November 1
ފުލުހުންގެ 92 ވަނަ އަހަރީ ދުވަހާ ގުޅިގެން ލޭ ހަދިޔާ ކުރުމުގެ ޕުރޮގުރާމެއް ފަށައިފި

ދިވެހި ފުލުހުންގެ ޚިދުމަތުގެ 92 ވަނަ އަހަރީ ދުވަހާ ގުޅިގެން ލޭ ހަދިޔާ ކުރުމުގެ ޕުރޮގުރާމެއް ފަށައިފިއެވެ.

ފުލުހުން ބުނީ މި ޕުރޮގުރާމު ކުރިއަށްދާނީ މާރިޗު 24 އިން 27 ގެ ނިޔަލަށް ކަމަށާއި، މި ޕުރޮގުރާމުގައި ބައިވެރިވުމަށް އެ މުއައްސާގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަށް ހުޅުވާލާފައިވާ ކަމަށެވެ.

ފުލުހުންގެ ޚިދުމަތުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަށް ހުޅުވާލައިގެން، ފުލުހުންގެ ޚިދުމަތުގެ ވޯކްފޯސް ހެލްތު އެންޑް ވެލްބީންގ އިން ކުރިއަށްގެންދާ މި ޕުރޮގުރާމަކީ ތެލަސީމިއާ ކުދިންނަށް ލޭ ހޯދުމުގައި ލުއިފަސޭހަ ގޮތްތަކެއް ގާއިމުކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ލޭ ހަދިޔާކުރުމުގެ މި ޕްރޮގްރާމް ކުރިއަށް ދަނީ ނޭޝަނަލް ތެލެސީމިއާ ސެންޓަރުގައެވެ.

ދިވެހި ފުލުހުންގެ ޚިދުމަތަށް 92 އަހަރު ފުރޭނީ މި ހިނގާ މާރިޗު މަހުގެ 29 ވަނަ ދުވަހުއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު