Monday, November 16
ރަސްދޫގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ދެމަފިރިއަކު ފިހިއްޖެ

އއ. ރަސްދޫގައި ރޭ ހިނގި އަލިފާނުގެ ހާދިސާއެއްގައި ދެމފިރިއަކު ވަރަށް ބޮޑަށް ފިހިއްޖެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާގައި ޒަޚަމްވެފައިވަނީ އުމުރުން 31 އަހަރުގެ ދެ މީހަކަށެވެ. މި ދެމަފިރިންނަށް އައިޖީއެމްއެޗްގެ އިމަރޖެންސީގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލުން ބުނެއެވެ.

އެނގިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ދެމަފިރިން ނިދާ ކޮޓަރީގައެވެ. އަދި އަލިފާން ރޯވިއިރު ދެމަފިރިންވެސް ތިބީ ނިދާފައި ކަމަށް މަޢުލޫމާތު ލިބެއެވެ.

ނަމަވެސް، މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު