Thursday, November 5
ވެލިދޫގައި ޑަޔަލިސިސްގެ ހިދުމަތް އަނަނަ މަހު ފެށޭނެ: މިނިސްޓަރ ނާޒިމް

އަންނަމަހު، ނ. ވެލިދޫގައި ޑަޔަލިސިސް ގެ ހިދުމަތް ދެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ އެމްއެމްޓީވީއަށް ދެއްވި އިންޓަވިއުއެއްގައެވެ.

ކިޑްނީ ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ ތަކުލީފުތަކަށް ލުޔެއް ހޯދައިދިނުމަށް މިސަރުކާރުން އަންނަނީ ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޑަޔަލިސިސްގެ ހިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ބައެއް އަތޮޅު ހޮސްޕިޓަލްތަކުގެ އިތުރުން ބައެއް ޞިއްހީ މަރުކަޒުތަކުގައިވެސް މިހިދުމަތް ފެށުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

އެގޮތުން މި ޚދުމަތް ދެން އެންމެ އަވަހަށް ފެށިގެންދާނެ އެއް ރަށަކީ ނ. ވެލިދޫ ކަމަށް މިނިސްޓަރ ނާޒިމް ވިދާޅުވިއެވެ.

"ޑަޔަލިސިސްގެ ހިދުމަތް ހޯދަންޖެހޭ މީހުން ގިނަ ރަށްރަށަށް ބައްލަވައިގެން، މި ހިދުމަތް ފުޅާކުރުމުގެ މަސައްކަތް ކުރެވިގެންއެބަދޭ، އެގޮތުން ހއ. އިހަވަންދޫގައި ވަރަށް ފަހުން މިހިދުމަތް ފަށައިފިން، ނ. އަތޮޅުގައި ޑަޔަލިސިސްގެ އެނދު އިތުރުކޮށްފިން، ގއ. ވިލިނގިލީގައިވެސް މިހާރު ޑަޔަލިސިސްގެ ހިދުމަތް ދެވެމުންދާނެ، އިރާދަކުރެއްވިއްޔާ ކުރިޔަށް އޮތް މަސްދުވަސް ތެރޭގައި ނ. ވެލިދޫގައިވެސް މިހިދުމަތް ފެށިގެންދާނެ،" އަބުދުﷲ ނާޒިމް އިބްރާހީމް ވިދާޅުވިއެވެ.

ކިޑްނީގެ ބަލިތައް ތަހައްމަލު ކުރަމުންދާ މީހުންގެ ނިސްބަތުން ބޮޑު އިންސައްތައެއް ޑަޔަލިސިސްގެ ހިދުމަތް ގަވާއިދުން ހޯދަންޖެހެއެވެ. ބައެއްމީހުން ކޮންމެ ދުވަހަކުވެސް، މި ހިދުމަތް ހޯދަން ޖެހެ އެވެ.

ރަށުން މި ޚިދުމަތް ނުލިބޭ ނަމަ އެންމެ ކައިރި ރަށަކަށް ގޮސްގެން މިފަރުވާ ހޯދަން ރައްޔިތުން ކުރާ ހޭދަ ކުޑަކުރުމަކީ ސަރުކާރުުގެ އަމާޒެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު