Monday, November 16
ދުވާލެއްގެ މައްޗަށް ކަރަންޓު ބޭނުންކުރަމުންދާ މިންވަރު މިދިޔަ ހަފުތާގައި އިތުރުވެފައިވޭ: ސްޓެލްކޯ
ދުވާލެއްގެ މައްޗަށް ކަރަންޓު ބޭނުންކުރަމުންދާ މިންވަރު މިދިޔަ ހަފުތާގައި އިތުރުވެފައިވާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ. ސްޓެލްކޯ އިން ބުނީ ރޯދަ މަހުގެ 15 ން 21 އަށް މާލެ އަދި ހުޅުމާލޭގައި ކަރަންޓު ބޭނުންކޮށްފައިވާ ގޮތަށްބަލާއިރު، ރޯދަ މަހުގެ ފުރަތަމަ ދެ ހަފްތާއާއި ގާތްގަނޑަކަށް އެއް ޕެޓާންއަކަށް ކަރަންޓު ބޭނުން ކޮށްފައިވާކަން ފާހަގަ ކުރެވޭ ކަމަށެވެ. އެގޮތުން ފުރަތަމަ ދެ ހަފްތާއެކޭ އެއްގޮތަށް މި ދުވަސްތަކުގައިވެސް އެއްގަޑިތަކެއްގައި ކަރަންޓު ބޭނުން ކުރަމުންދާމިންވަރު މަތިވެފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. މީގެ އިތުރުން މި ދުވަސްތަކަށް ބަލާއިރު، ޖުމްލަކޮށް ދުވާލެއްގެ މައްޗަށް ކަރަންޓު ބޭނުން ކުރަމުންދާ މިންވަރު ފުރަތަމަ ދެ ހަފްތާއާއި އަޅާބަލާއިރު އިތުރުވެފައިވާއިރު، ކޮންމެ ދުވަހެއްގެވެސް އެންމެ ޕީކް ގަޑީގައި 100 މެގަވޮޓަށްވުރެ އިތުރަށް ކަރަންޓު ބޭނުންކޮށްފައިވާ ކަމަށް ސްޓެލްކޯ އިން ބުންޏެވެ. އެހެންކަމުން ކަރަންޓު އިޤުތިޞާދު ކުރުމަށް ޅާއްޞަ ސަމާލުކަމެއް ދިނުމަށް ސްޓެލްކޯއިން ވަނީ އިލްތިމާސްކޮށްފައެވެ. ސްޓެލްކޯ އިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި މާލެއާއި، ހުޅުމާލޭގައި އާދީއްތަ ދުވަހު ޕީކް ގަޑިތަކުގައި ކަރަންޓު ބޭނުންކުރެވުނު މިންވަރު ވަނީ ހޮނިހިރު ދުވަހާ އަޅާބަލާއިރު އިތުރުވެފައެވެ. އެގޮތުން އެންމެ ޕީކް ގަޑީގައި 103 މެގަވޮޓަށްވުރެ ގިނައިން އާދީއްތަ ދުވަހު ކަރަންޓު ބޭނުން ކުރެވިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު