ދިވެހިރާއްޖޭގެ އިމިގްރޭޝަނަށް 75 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ގްރޭޓަރ މާލެ ސަރަހައްދުގައި ވަރަށް ޚާއްޞަ ހަރަކާތެއް ބާއްވައިފިއެވެ.
މިގޮތުން އިމިގްރޭޝަނުން ވަނީ އެ މުއައްސަސާގެ އަލިމަސް ޔޫބީލް ފާހަގަކުރުމުގެ ގޮތުން އިއްޔެ ހަވީރު ކުޑަކުދިންނަށް އަމާޒުކޮށްގެން "ހަވީރީ ކުއިޒް" ގެ ނަމުގައި ކުއިޒެއް ހިންގައިފައެވެ.
As part of the Diamond Jubilee celebrations, the 'Haveeree Quiz' for children was held in greater Male' area, featuring a variety of immigration-related questions, with prizes awarded to the participants. We had great interaction with the children, making it a memorable event.… pic.twitter.com/AUhkeKWJHW
— Maldives Immigration (@ImmigrationMV) March 24, 2025
މި ކުއިޒްގައި އިމިގްރޭޝަނާ ގުޅުންހުރި ސުވާލުތައް ކުދިންނާ ކޮށްފައިވެއެވެ. އަދި ރަނގަޅު ޖަވާބު ދިން ކުދިންނަށް އިމިގްރޭޝަނުން ވަނީ އިނާމު ދީފައެވެ.
އެ މުއައްސަސާއިން ބުނީ ކުޑަކުދިންނާއެކު ކުރިއަށްގެންދެވުނު މި ހަރަކާތަކީ ވަރަށް ހަނދާނީ ހަރަކާތެއް ކަމަށެވެ.
އިމިގްރޭޝަންގެ އަހަރީ ދުވަހަކީ 24 މާރިޗު 1950 އެވެ.
މި ލިޔުން ކިޔާލުމުން