Saturday, October 31
މި އަހަރުވެސް ޢީދުގެ ޖަމާޢަތް ފަށާނީ ހެނދުނު 07:00 ގައި: އިސްލާމިކް މިނިސްޓްރީ
މިދިޔަ އަހަރެކޭ އެއް ފަދައިން މި އަހަރު ވެސް ޢީދުގެ ޖަމާޢަތް ފަށާނީ ހެނދުނު 7.00 ގައި ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ. އެ ވުޒާރާއިން މިކަން ހާމަކޮށްފައިވަނީ މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައެވެ. މާލޭ ސަރަހައްދުގެ ހަތަރު ސަރަހައްދެއްގައި ފިޠުރު ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި ކުރިއަށް ގެންދަން އެ ވުޒާރާއިން ވަނީ ނިންމައިފައެވެ. އެގޮތުން މާފަންނު ސްޓޭޑިއަމް، ވިލިނގިލީގައި ބޯޅަދަނޑު، ހުޅުމާލެ ފޭސް 1 ގައި ސިންތެޓިކް ޓްރެކްގައި އަދި ފޭސް 2 ގައި ކްރިކެޓް ސްޓޭޑިއަމްގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ކުރިއަށްދާނެ ކަމަށް އެ ވުޒާރާއިން ހާމަކުރެއެވެ. މީގެ އިތުރުން، މާލެ ސަރަހައްދުގެ 23 މިސްކިތެއްގައިވެސް ޢީދު ނަމާދު ކުރެވޭނެ ގޮތް ހަމަޖައްސާފައިވާ ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ. ވުޒާރާއިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، މޫސުން ގޯސްވެ ވިއްސާރައިގެ ސަބަބުން މައިދާންތަކުގައި ނަމާދުކުރުން ކެންސަލްވެއްޖެނަމަ، މާލޭ ސިޓީގެ ހުކުރު ނަމާދުކުރާ ހުރިހާ މިސްކިތެއްގައި ޢީދު ނަމާދު ކުރިއަށްދާނެއެވެ. މި އިންތިޒާމުތަކަކީ ރަމަޟާން މަހުގެ ނިމުމާއެކު އަންނަ ފިތުރު ޢީދު ދުވަހު، ގިނަ ބައެއްގެ ބައިވެރިވުމާއެކު ޢީދު ނަމާދު އަދާކުރުމަށް ފަސޭހަވާނެ ގޮތަށް ހަމަޖައްސާފައިވާ އިންތިޒާމުތަކެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު