Saturday, October 31
އއ ތޮއްޑޫ ރައްޔިތުންގެ ފަރާތުން ޣައްޒާއަށް ރޯދަވީއްލުމެއް ދީފި

އއ.ތޮއްޑޫ ކައުންސިލާއި ތޮއްޑޫ ހޯޕް ޖަމިއްޔާ ގުޅިގެން ޣައްޒާއަށް އެހީވުމުގެ ގޮތުން ފެބްރުއަރީ މަހު އެއްކުރި ފަންޑުން ލިބުނު 70,883.76 ރުފިޔާގެ އެހީއިން އުތުރު ޣައްޒާގެ 730 މުސްލިމުންނަށް ރޯދަވީއްލުމެއް ދީފިއެވެ.

ޚިދުމަތް ޖަމިއްޔާއާ ހަވާލުކުރެވުނު މި ފައިސާއިން، މި ރަމަޟާން މަހުގެ ފަހު ދިހައިގައި އުތުރު ޣައްޒާގެ ރައްޔިތުންނަށް ރޯދަވީއްލުން ތައްޔާރުކޮށް، އެ ރައްޔިތުންނަށް ސަދަޤާތް ކުރި މަންޒަރުތައް މީސްމީޑިއާގައި ހިއްސާކޮށްފައިވެއެވެ. މި ރޯދަވީއްލުމުގައި އެންމެ ފާހަގަކޮށްލެވުނު އެއް ކަމަކީ ތޮއްޑޫ ރައްޔިތުންނަށް ޝުކުރު އަދާކުރުމުގެ ގޮތުން ދިވެހި ބަހުން ބެނަރެއް ހަދާފައިވުމެވެ.

ތޮއްޑޫ ހޯޕް ޖަމިއްޔާއިން ވަނީ މި ސަދަޤާތް މިހާ ފުރިހަމައަށް ފޯރުކޮށްދިން ކަމަށްޓަކައި ޚިދުމަތް ޖަމިއްޔާއަށާއި، ޣައްޒާއަށް އެހީތެރިކަން ފޯރުކޮށްދެއްވި އެންމެހައި ރައްޔިތުންނަށް ޝުކުރު އަދާކޮށްފައެވެ.

ޚިދުމަތް ޖަމިއްޔާއިން މި ރަމަޟާން މަހު 8 ގައުމެއްގައި ކޮންމެ ދުވަހަކު ރޯދަވީއްލުން ބާއްވަމުން ގެންދާއިރު، އުތުރު ޣައްޒާގައިވެސް ރޯދަވީއްލުން ބޭއްވުމުގެ އިތުރުން، ޣައްޒާގައި ވިލެޖެއް ތަރައްޤީކުރުމުގެ މަޝްރޫޢެއް ކުރިއަށް ގެންދެއެވެ.

ޣައްޒާގެ ވިލެޖް ބިނާކުރުމުގެ ޕްރޮޖެކްޓް އަށް އެހީތެރިވުމަށް
ޚިދުމަތް - ބީއެމްއެލް އިސްލާމިކް
(އިމަރޖެންސީ ފަންޑް)
ރުފިޔާ - 7770000141499

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު