Monday, November 2
ރައީސް ގެންދަވަނީ ރެއާދުވާލު ހާއްސަ ސަމާލުކަމެއް ދެއްވައި މައްސަލަތައް ހައްލުކޮށްދެއްވަމުން: ވަޒީރު ސައީދު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ރެއާދުވާލު ޚާއްޞަ ސަމާލުކަމެއް ދެއްވައި މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ސަޢީދު ވިދާޅުވީ ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖެ އޮތީ ދަރަނީގެ ދަންތުރައެއްގައި ކަމަށާއި، އެ މައްސަލަތައް ހައްލުކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު ގެންދަވަނީ ރަށްރަށުގެ މުހިންމު ވަސީލަތްތައް ރައްޔިތުންނާ ހަމައަށް ވަރަށް ބާރު ސްޕީޑުގައި ގެނެސްދެއްވަމުން ކަމަށެވެ.

"ވަރަށް ކުޑަ ވަގުތުކޮޅެއްގައި އެމަނިކުފާނު އަވަހާރަފުޅުލައްވަނީ. ވަރަށް ގިނަ މަސައްކަތްތަކެއް އެމަނިކުފާނު ވެރިކަމާ ހަވާލުވެޑައިގެންނެވި އިރު، މުޅިން އޮޅުން ބޮޅުން އަރާފައި ހުރީ. މުޅި ރާއްޖެ އޮތީ ދަރަނީގެ ދަންތުރައެއްގައި. ވަރަށް ބޮޑަށް ގޯސްވެ ދެންމެ ދެންމެ ދަރާވިކި ދާނެ ހާލަތެއްގައި އޮތީ،" ވަޒީރު ސަޢީދު ވިދާޅުވިއެވެ.

"އޭޓީއެމް ބެހެއްޓިދާނެކަމަށް މީގެކުރިން ބަޔަކު ގަބޫލެއް ނުކުރާނެ މިހާއަވަހަށް، އެހެންނަމަވެސް މިހާރު މިދަނީ ކުޑަރަށެއް ބޮޑުރަށެއް އެއްވެސް ކަހަލަ ހިލާފުވުމެއް ނޯންނަގޮތަށް ބާކީނުވާނެ ގޮތަށްް އޭޓީއެމްގެ ހިދުމަތްތައް ފެށި އެހިދުމަތް ދެވެމުން އެގޮތުން އުތީމުގައި އޭޓީއެމްގެ ހިދުމަތް މިފެށުނީ, އަޅުގަނޑަށް ޔަގީން، ކަށަވަރު ރައްޔިތުންނަށް މިދިޔަ ކުޑަދުވަސްކޮޅެއްގެ ތެރޭ ލިބިގެންދާނެ އެންމެ ބޮޑު އުފަލަކީ މިއީ." ވަޒީރު ސަޢީދު ވިދާޅުވިއެވެ.

އުތީމުގައި އޭޓީއެމްގެ ހިދުމަތް ފެށުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ވަޒީރު ސައީދު ވިދާޅުވީ މިއީ ރައްޔިތުންނަށް މިދިޔަ ކުޑަދުވަސްކޮޅެއްގެ ތެރޭ ލިބިގެންދާނެ އެންމެ ބޮޑު އެއްއުފާ ކަމަށެވެ. މިއަދު ވަނީ ހއ. އަތޮޅުގެ އުތީމުގެ އިތުރުން މާރަންދޫ، މުރައިދޫ އަދި ތަކަންދޫގައި އޭޓީއެމްގެ ހިދުމަތް ފަށައި މުޅި ހއ. އަތޮޅަށް ބީއެމްއެލްގެ އޭޓީއެމް ވިއުގަ ފުޅާކޮށްފައެވެ. މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގައި 250 އަށްވުރެ ގިނަ އޭޓީއެމް ގާއިމުކުރުމަކީ ބީއެމްއެލްގެ އަމާޒެއް ކަމަށްވެސް ވަޒީރު ސަޢީދު ފާހަގަކުރެއްވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު