Saturday, October 31
އުފެއްދުންތެރިކަމުގެ މައުރަޒުގައި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވަކި ދާއިރާއެއް އޮންނާނެ: ގައްސާން، ބީސީސީ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި މިއަހަރު ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވަކި ދާއިރާއެއް ހިމަނާފައި ވާނެކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ ފައިނޭންޝިއަލް ކޮންޓްރޯލަރ ޙަސަން ގައްސާން ވިދާޅުވެއްޖެއެވެ.

ގައްސާން މިކަން ހާމަކުރެއްވީ އެމްއެމްޓީވީގެ ބޮޑު ޚަބަރު ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

އެޕްރޮގްރާމުގައި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވަކި ދާއިރާއެއް ކަނޑައަޅާފައިވާނެ ކަން ފާހަގަކުރައްވައި ގައްސާން ވިދާޅުވީ އަމިއްލަ ފަރުދުންގެ ދާއިރާއިން ބައިވެރިވުމުގެ އިޚްތިޔާރުވެސް އޮންނާނެކަމަށާއި އެޕްލައިކުރުމުގައި އެއްވެސް ތަފާތެއް ނޯންނާނެކަމަށެވެ.

ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ދާއިރާއިން ބައިވެރިވެވޭނީ

  • ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ 18 އަހަރުން މަތީގެ ފަރާތްތަކަށް
  • މާލެއާއި އަތޮޅުތަކުގައި ހުރި 11 ބިޒްނަސް ސެންޓަރު މެދުވެރިކޮށް އެޕްލައިކުރުމުގެ ފުރުސަތު ލިބޭނެ
  • މައުރަޒުގައި ބައިވެރިވުމުގެ ސުންގަޑިއަކީ 31 މާރިޗު
  • އެއް އެޕްލިކެންޓަކަށްވެސް ގިނަ ތަކެތި ބައިވެރިކުރެވޭނެ

"އޭގެއިތުރުން ހާއްސަކޮށް ފާހަގަކޮށްލަން ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ މާލޭގެ އިތުރުން، 11 ވަރަކަށް ބިޒްނަސް ސެންޓަރުތައް އެބަހުރޭ ރާއްޖޭގެ ރަށްރަށުގަ، އެހެންމަ ހާއްސަކޮށް ސިޓީތައްވެސް ކަވަރވާގޮތަށް އަދި މައިގަނޑު ބޮޑެތި އަތޮޅުތަކުގެ އަތޮޅުވެރިކަންކުރާ ރަށްތައްވެސް ކަވަރވާގޮތަށް،" ގައްސާން ވިދާޅުވިއެވެ.

އެޕްރޮގްރާމުގައި ވާހަކަދައްކަވަމުން ކުޅުދުއްފުށި ބިޒްނަސް ސެންޓަރުގެ އެސިސްޓެންޓް މެނޭޖަރ ޝަޒީލާ ޙަސަން ވިދާޅުވީ އެޕްލިކޭޝަން ފޯމުގައި ތަކެތީގެ ނަން، ދާއިރާ، އަގު އަދި ސައިޒުގެ އިތުރުން ތަފްސީލީ މަޢުލޫމާތު ހިމެނުމަކީ ވަނަ ހޯދުމަށް މުހިންމު ކަމެއްކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު