Monday, November 2
ހއ. އަތޮޅަށް ބީއެމްއެލްގެ ގެސްޓު ހައުސް ފައިނޭންސިންގ ތަޢާރަފް ކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހއ. އަތޮޅަށް ގެސްޓު ހައުސް ފައިނޭންސިންގ ސްކީމެއް ތަޢާރަފްކޮށްފިއެވެ. މި ސްކީމް ތަޢާރަފްކޮށްފައިވަނީ ހއ. ފިއްލަދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވި ގޮތުގައި މި ފައިނޭންސިންގ ސްކީމަކީ ގެސްޓުހައުސް ވިޔަފާރި އަލަށް ފަށަން ބޭނުންވާ ފަރާތްތަކާއި މިހާރު ގެސްޓުހައުސް ވިޔަފާރި ކުރަމުންދާ ފަރާތްތަކަށްވެސް ހުޅުވާލެވިފައިވާ ސްކީމެކެވެ.

"ގެސްޓުހައުސް އަޅަން އިތުރު ސެކިއުރިޓީއެއް ބޭނުމެއް ނުވާނެ، ގެސްޓުހައިސް މޯގޭޖްކޮށްގެން އެ ފައިސާ ލިބޭނެ،" ޝަރީފް ވިދާޅުވިއެވެ.

ބީއެމްއެލްއިން ފަތުރުވެރިކަމުގެ ސިނާއަތަށް ދެމުންދާ އެހީތެރިކަމުގެ ތެރެއިން، ވޭތުވެދިޔަ 5 އަހަރުގެ ތެރޭގައި ރިސޯޓު ތަރައްޤީއަށް 400 މިލިޔަން ޑޮލަރަށްވުރެ ގިނަ އަދަދެއްގެ ފައިނޭންސިންގ ދޫކޮށްފައިވާ ކަމަށް ސީއީއޯ ޝަރީފް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ދެމެހެއްޓެނިވި ތަރައްޤީ އާއި ތިމާވެއްޓާ ގުޅުންހުރި މަޝްރޫއުތަކަށްވެސް ފައިނޭންސިންގ ދޫކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ބޭންކުގެ ހިދުމަތްތަކާ ބެހޭ މަޢުލޫމާތު ހއ. އަތޮޅުގެ ރައްޔިތުންނާ ހިއްސާކުރުމަށްޓަކައި ކުރިއަށް އޮތް ދުވަސްތަކުގައި ބޭންކުގެ ޓީމުތަކުން އެ އަތޮޅުގެ ރަށްރަށަށް ޒިޔާރަތްކުރާނެ ކަމަށްވެސް ބީއެމްއެލްއިން ހާމަކޮށްފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު