Friday, November 13
ތެލެސީމިއާ ސެންޓަރަށް ޑީޖީ އެއް ހަމަޖައްސައިފި

މޯލްޑިވިއަން ބްލަޑް ސަރވިސަސް ގެ ޑިރެކްޓަރ ޖެނެރަލް ގެ މަޤާމަށް ބޭފުޅަކު ހަމަޖައްސަވައިފިއެވެ.

އެ މަޤާމަށް ހަމަޖައްސާފައިވަނީ އަލްފާޟިލް އަހްމަދު މައުސޫމް އެވެ.

މޯލްޑިވިއަން ބްލަޑް ސާވިސަސްގެ ޑިރެކްޓާ ޖެނެރަލްގެ މަގާމް ހަމަޖެހުނީ އަށް އަހަރު ފަހުންނެވެ.

އަހްމަދު މައުސޫމް އަކީ މެނޭޖްމަންޓް ދާއިރާގައި އަދި ހިންގުމުގެ ތަޖުރިބާ ހުންނެވި ބޭފުޅެކެވެ. މީގެ ކުރިން މައުސޫމް ވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައިވެސް މަސައްކަތް ކުރައްވާފައެވެ.

މީގެ އިތުރުން ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އަކާއި ޑިރެކްޓަރ އެއްގެ މަގާމަށް ވެސް ދެ ބޭފުޅުން ވެސް ވަރަށް އަވަހަށް ހަމަޖެހިގެންދާނެކަމަށް ހެލްތު މިނިސްޓްރީން މައުލޫމާތުދެއެވެ.

އެމްބީއެސް އަށް ޑިރެކްޓަރ ޖެނެރަލްގެ މަޤާމް މިއަދު ހަމަޖެހުނުއިރު، ވަރަށް އަވަހަށް ފިޒީޝަނެއް ވެސް ހަމަޖެހިގެންދާނެއެވެ. މީގެ އިތުރުން އެތަނަށް މިވަގުތަށް ބޭނުންވާ 5 ނަރުހުން ހޯދުމަށްވެސް މިއަދު ވަނީ އިއުލާންކޮށްފައެވެ. އަދި އެހެނިހެން އިދާރީ މުވައްޒަފުންވެސް ހަމަޖެއްސުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.

ތެލެސީމިއާ ކުދިންނަށް ދެވޭ ފަރުވާ އަދި ޚިދުމަތް ރަނގަޅު ކުރުމަށްޓަކައި ތެލަސީމިއާ ސެންޓަރު ހޮސްޕިޓަލެއްގެ ގޮތުގައި ހިންގަން ބޭނުންވާ ކަންކަން ފަހިކޮށް އެ ސެންޓަރުގެ ހުރި މައްސަލަތައް ވަކި މުއްދަތެއްގެ ކުރިން ޙައްލުކުރުމަށް ރައީސް ވަނީ ނިންމަވާފައެވެ.

އަދި ތެލަސީމިއާ ކުދިންނަށާއި، ސެންޓަރުގެ ދަތިތައް ހައްލުކުރެއްވުމުގެ މަސައްކަތް ސީދާ ރައީސުލްޖުމްހޫރިއްޔާގެ ބެއްލެވުމުގެދަށުން ކުރިއަށްގެންދިއުމަށް އެމަނިކުފާނު އިއްޔެ އެމްބީއެސް އަދި އެމްބީއެސްގެ މަސައްކަތް ބަދަލުކުރަން ނިންމާފައިވާ އޮރެންޖް ހިޔާ އަށް ވަޑައިގެން އެތަންތަން ބެއްލެވުމަށް ފަހު ކުރެވުނު މަޝްވަރާއަށް ފަހު ވަނީ ނިންމަވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު