Saturday, October 31
މެޑިސިން ކިޔަވާ ދަރިވަރުންނަށް އިންޓަރންޝިޕް ހެދުމަށް އިތުރު ފުރުސަތުތަކެއް

މެޑިސިން ކިޔަވާ ދަރިވަރުންނަށް އިންޓަރންޝިޕް ހެދުމަށް ހުރި ދަތި ތަކަށް ބޮޑުހައްލެއް ހެލްތު މިނިސްޓްރީން ހޯދައިދީފިއެވެ.

ހެލްތު މިނިސްޓްރީން ވިދާޅުވީ މީގެ ކުރިން ދިވެހި ދަރިވަރުން ބަންގްލަދޭޝްއިން އެމް.ބީ.ބީ.އެސް އިންޓަރޝިޕް ފުރުޞަތު ލިބެނީ ހަމައެކަނި ޗިޓަގޮންގް މެޑިކަލް ކޮލެޖް ހޮސްޕިޓަލުން ނުވަތަ ޝޭރް-އޭ-ބަންގްލާ މެޑިކަލް ކޮލެޖް ހޮސްޕިޓަލުންނެވެ.

މިނިސްޓްރީ އޮފް ހެލްތާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ މަސައްކަތާ ގުޅިގެން، ބަންގްލަދޭޝްގައި އެމް.ބީ.ބީ.އެސް އިންޓަރންޝިޕް ފުރުޞަތުތައް ހޯދުމަށް ކުރެވުނު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، އިތުރު ފަސް  ކޮލެޖެއްގައި ދިވެހި ދަރިވަރުންނަށް އިންޓަރންޝިޕް ފުރިހަމަކުރުމުގެ ފުރުޞަތު މިހާރު ލިބޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.

އެ ކޮލެޖްތަކަކީ

  • ސިލެޓު އެމްއޭޖީ އޮސްމާނީ މެޑިކަލް ކޮލެޖު
  • - މައިމެންސިންހު މެޑިކަލް ކޮލެޖު
  • - ރަޖްޝާނީ މެޑިކަލް ކޮލެޖު
  • - ޝަހީދު ޒިއައުރު ރަހުމާން މެޑިކަލް ކޮލެޖު، ބޮގުރާ
  • - ކޮކްސަސް ބާޒާރު މެޑިކަލް ކޮލެޖު

މި ފަސް ކޮލެޖަކީވެސް ބަންގްލަދޭޝް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް އަދި މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން ޤަބޫލުކުރާ ކޮލެޖްތަކެއްކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

މިގޮތުން ބަންގްލަދޭޝް އިން އިންޓަރޝިޕް ޕްލޭސްމަންޓް ހޯދަން ބޭނުންވާ ދަރިވަރުން ހެލްތު މިނިސްޓްރީގެ training@health.gov.mv އީމެއިލް ރިކުއެސްޓް ފޮނުވުމަށް ވަނީ އެދިފައެވެ.

އިންޓަރޝިޕް ފުރުޞަތު ރާއްޖެއިންވެސް އިތުރަށް ފުޅާ ކުރުމުގެ މަސައްކަތް ކުރެވޭކަމާއި އަދި މިއަހަރު އިތުރު ސަރުކާރު ހޮސްޕިޓަލް ތަކުގައި އިންޓަޝިޕް ފެށުމަށް މިނިސްޓްރީން މަސައްކަތް ކުރަމުން އަންނަ ކަމަށް މައުލޫމާުދެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު