Friday, November 13
ޓީބީ ނައްތާލުމަށް ކުރަމުން އަންނަ މަސައްކަތުގައި ތިއްބެވީ ސާބިތު ކަމާއެކު: ރައީސް
ޓީބީ ނައްތާލުމަށް ކުރަމުން އަންނަ މަސައްކަތުގައި ތިއްބެވީ ސާބިތު ކަމާއެކުގައި ކަމަށް ރައީސް ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދުނިޔޭގެ ޓީބީ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. ރައީސް ވިދާޅުވީ ޓިއުބަރކިއުލޯސިސް،ނުވަތަ ޓީބީ ރާއްޖޭން ނައްތާލުމަށް ކުރާ މަސައްކަތް އިތުރަށް ހަރުދަނާކުރައްވަމުން ގެންދަވާ ކަމަށާއި އެގޮތުން، ޓިއުބަރކިއުލޯސިސް ޕްރިވެންޓިވް ޓްރީޓްމަންޓް (ޓީޕީޓީ) ހިލޭ ދިނުން ފަދަ ކަންކަމާއެކު ރާއްޖޭން ޓީބީ ނައްތާލުމަށް ކުރާ މަސައްކަތް އިތުރަށް ހަރުދަނާކުރައްވަމުންގެންދަވާ ކަމަށެވެ. ދިވެހިރާއްޖެއަކީ 1998ވަނަ އަހަރުން ފެށިގެން ކޭސްތައް ދެނެގަތުމުގެ %70 އާއި ބަލިން ފަރުވާ ހޯދުމުގައި %85 ހާސިލްކޮށްފައިވާ ފަސް ޤައުމުތަކުގެ ތެރެއިން އެއް ޤައުމުކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީން ހާމަކޮށްފައިވާ ގޮތުގައި މިދިޔަ އަހަރު ރާއްޖޭގައި ޓީބީގެ 148 ކޭސް ރިޕޯޓްކޮށްފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު