Monday, November 16
ކްރޫޒްލައިނާއަކުން އައި 300 އަށްވުރެ ގިނަ ފަތުރުވެރިންނަށް ކްލިއަރެންސް ދީފި
300 އަށްވުރެ ގިނަ ފަތުރުވެރިންނާއެކު ބޭރުގެ ކްރޫޒްލައިނާއެއް ރާއްޖެ އަތުވެއްޖެއެވެ. އިމިގްރޭޝަނުން ބުނީ "އެމްއެސް ކްރިސްޓަލް ސިމްފަނީ" ނަމަކަށް ކިޔާ ކްރޫޒްޝިޕުން ރާއްޖެ އައި 307 ފަސިންޖަރުންނަށާއި 477 ކްރޫންނަށް ކްލިއަރެންސް ދީފައިވާ ކަމަށެވެ. ކޮލޮމްބޯއިން ރާއްޖެ އައި މި ކްރޫޒްލައިނާގެ ފަތުރުވެރިން މާލެ އައިސްފައިވަނީ މާރިޗު 23 ވަނަ ދުވަހުއެވެ. މިއީ މި އަހަރުގެ ތެރޭގައި މި ކްރޫޒްލައިނާ ރާއްޖެއަށް އައި ދެވަނަ ފަހަރެވެ. މިގޮތުން މިދިޔަ ޖަނަވަރީ މަހުވެސް ކްރިސްޓަލް ސިމްފަނީ ވަނީ ރާއްޖެ އައިސްފައެވެ. އެ ފަހަރު ސީޝަލްސް އިން 216 ފަތުރުވެރިންނާއި 416 ފަޅުވެރިން ވަނީ ރާއްޖެ އައިސްފައެވެ. އަދި މިއީ މި އަހަރު ރާއްޖެ އައި އެންމެ ފުރަތަމަ ކްރޫޒްލައިނާކަން ވެސް ފާހަގަކޮށްލެވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު