Friday, November 13
ގޭގެ ވެރިމީހާއަށް އިންޒާރުދިން މީހުން ގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

ގަލޮޅުގައި ހުރި ގެއަކަށް ގޮސް ގެއްލުންދީ އެ ގޭގެ ވެރިމީހާއަށް އިންޒާރުދީ ބިރުދެއްކި މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

މި މައްސަލައިގައި ހަތަރު މީހުން ހައްޔަރު ކުރީ މިމަހުގެ 8 ވަނަ ދުވަހުގެ ރެއެވެ.

މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ އއ. މާޅޮސް، ރީތިހިޔާ, 23، މުހައްމަދު އަފްލާޙް، ނ. ވެލިދޫ، އެލަސް, 21، އިބްރާހިމް އަހްނަފް، ނ. މަނަދޫ، ހަވޭލި, 23، މުޙައްމަދު އަޒާން، ތ. ގުރައިދޫ، ފަޒާ, 21، އަލީ ނަވާފު އެވެ.

މި މީހުންގެ ބަންދަށް މާރިޗު 9 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ. އެއަށްފަހު އެ މުއްދަތު ހަމަވުމާއެކު އިއްޔެ ކްރިމިނަލް ކޯޓުން ވަނީ އެ ހަތަރު މީހުންގެ ބަންދުގެ މުއްދަތު އަނެއްކާވެސް 15 ދުވަހަށް އިތުރުކޮށްފައެވެ. އެ މުއްދަތު ދެން ހަމަވާނީ އޭޕްރީލް 7ގައެވެ.

މި މަހުގެ ނުވަ ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި މި ހަތަރު މީހުން ވެސް ވަނީ ކުރާ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ.

މި މައްސަލައިގައި އެ ހަތަރު މީހުންގެ މައްޗަށް ވެސް ކުރަނީ ބިރުދެއްކުމާއި، ޖަމާއަތް ހަދައިގެން ހުއްދަނެތި ތަންތަނަށް ވަނުމާއި، މުދަލަށް ގެއްލުން ދިނުމުގެ ތުހުމަތެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު