ޓީބީގެ އަލާމަތްތައްOn #WorldTuberculosisDay, we reaffirm our commitment to ending TB. We are among one of the five nations to achieve 70% case detection & 85% cure rates since 1998. Today, we are dedicated to strengthening our efforts with free Tuberculosis Preventive Treatment (TPT) and renewed… pic.twitter.com/9GXJMRMqe2
— Dr Mohamed Muizzu (@MMuizzu) March 24, 2025
- ކުއްލިއަކަށް ހަށިގަނޑުގެ ބަރުދަން ލުއިވުން
- ވަރުދެރަވުން
- ހީކެރުވުން އަދި އާދަޔާ ހިލާފަށް ދާހިއްލުން
- ހުންއައުން
- މޭގައި ރިއްސުން އަދި ކެއްސާފައި އަންނަ ދަވާގައި ލޭހުރުން
- 2 ހަފްތާއަށް ވުރެ ގިނަ ދުވަސްވަންދެން ކެއްސުން
- ދިގުމުއްދަތަށް ބޭސްފަރުވާކުރަމުންދާ ފަރާތްތައް އަދި ހަށިގަނޑުގެ ދިފާއީ ނިޒާމު ބަލިކަށިވެފައިވާ މީހުން
- ބީސީޖީ ވެކްސިން ފުރިހަމަ ނުވާ 5 އަހަރުން ދަށުގެ ކުދިން
- ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން
- އުމުރުން ދުވަސްވީ މީހުން
- ޓީބީ ޖަރާސީމު ހުރިކަން ނުވަތަ ނޫންކަން ޔަގީން ކުރުމަށް ޓީބީއަށް ޓެސްޓްކޮށް އަވަހަށް ފަރުވާ ހޯދުން
- ކެއްސާ، ކިނބިހި އަޅާ އިރު އަނގަޔާއި ނޭފަތް ރަނގަޅަށް ނިވާކުރުން
- ތަންތަނަށް ކުޅު ނުޖެހުން – (ވަކި ހާއްސަ އެއްޗަކަށް ނުވަތަ ޓިޝޫ ފަދަ އެއްޗަކަށް ކުޅު ޖަހާ ރައްކާތެރި ގޮތުގައި ނައްތާލުން)
- ބަލި ޖެހިފައިވާ މީހަކު ދިރިއުޅޭނަމަ ގޭގައި ރަނގަޅަށް ވައި ދައުރުވާހެން ބެހެއްޓުން
ދުނިޔޭގެ ޓީބީގެ ހާލަތަށްބަލާއިރު ދުނިޔެއިން ޓީބީ ނައްތާލުމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ވަނީ 2014 ވަނަ އަހަރުގެ ވޯލްޑް ހެލްތު އެސަމްބްލީގައި މި ބަލި މަދު ކުރުމަށް "އެންޑް ޓީބީ" ގެނަމުގައި ސްޓްރެޓެޖީއެއް ކަނޑައަޅާފައެވެ. މި ސްޓްރެޓަޖީގެ ދަށުން ރާއްޖެއިންވެސް ވަނީ 2030 ވަނަ އަހަރާ ހަމައަށް ރާއްޖެއިން ޓީބީ ބަލި އާއްމު ޞިއްޙަތަށް ނުރައްކާ ނުވާ ވަރަށް މަދު ކުރެވިފައިވާ ގައުމެއްކަމުގައި ކަނޑައެޅުމަށް މަސައްކަތް ފަށާފައެވެ. މިގޮތުން ރާއްޖޭގެ 100 ރަށެއްގައި ޓީބީ ނައްތާލެވިފައިވާ ކަމަށް ކަނޑައެޅުމަށް މަސައްކަތްތައް ދަނީ ކުރަމުންނެވެ. ރާއްޖެއިން ޓީބީ ނައްތާލުމުގެ މަސައްކަތްތައް ކުރުމަށް އަމާޒުކޮށްގެން 2018 ވަނަ އަހަރު ސްޓްރެޓެޖިކް ޕްލޭނެއް އެކުލަވާލާ، މަސައްކަތަށް ބޭނުންވާ ފަންނީ ގައިޑްލައިންތައް މިހާރު ވަނީ ތައްޔާރުކުރެވިފައެވެ.This #WorldTBDay, we continue to strengthen policies, ensure early detection, and provide treatment for a TB-free Maldives. #WorldTBDay2025#EndTB#RoadhaigeRoohu pic.twitter.com/PJaf3s6B4U
— Ministry of Health (@MoHmv) March 24, 2025






