Friday, November 13
މި އަހަރު ހައްޖަށް ދެވޭނެ ކަމަށް ކިޔޫގައި ތިބި އެންމެންނަށް ހައްޖަށް ދެވޭނެ: ރައީސް

މި އަހަަރު ޙައްޖަށް ދިއުމަށް ޙައްޖު ކޯޕަރޭޝަނުގެ ކިޔޫގައި ޖެހިފައި ތިބި އެންމެނަށް ޙައްޖަށް ދެވޭނެ ކަމުގެ އުފާވެރި ޚަބަރު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

މިރޭ އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓެއްގައި ރައީސް ފާހަގަކުރެއްވި ގޮތުގައި 2025 ވަނަ އަހަރު ހައްޖަށް ދެވޭނެކަމަށް ކޯޕަރޭޝަނުގެ ކިއުގައި ތިބި ހުރިހައި އެންމެނަށް މި އަހަރު ހައްޖަށް ދެވޭނެއެވެ.

އެމަނިކުފާނު އިތުރަށް ފާހަގަކުރެއްވީ މިއީ ޒަމާންތަަކަކަށްފަހު އެ އަހަރެއްގައި ހައްޖަށް ދިއުމަށް ކިއުގައި ޖެހިފައި ތިބި އެންމެނަށް އެ އަހަރު ހައްޖަށް ދެވޭ ފުރަތަމަ ފަހަރު ކަމެވެ.

ޙައްޖަށް މީހުން ގެންދިއުމަށް އަމިއްލަ ކުންފުނިތަކަށް ސަރުކާރުން ކޯޓާ ދޫކުރުން ހުއްޓައިލާ ހައްޖަށް މީހުން ގެންދާ ހަމަައެކަނި ކުންފުނީގެ ގޮތުގައި ހައްޖު ކޯޕަރޭޝަން ހަމަޖެއްސުމަށް އިސްލާމިކް މިނިސްޓްރީން ނިންމީ ފާއިތުވި އަހަރުއެވެ.

ޙައްޖަށް ދިއުމަށް ޙައްޖު ކޯޕަރޭޝަނަށް ފައިސާ ދެއްކުމަށްފަހު ކިއުގައި ޖެހިގެން ތިބި ނަމަވެސް ކޯޓާ އެކި ކުންފުނިތަކަށް ބަހައިލުމުގެ ސަބަބުން ކިއުގައި ތިބޭ އެންމެނަށް ޙައްޖުވުމުގެ ފުރުސަތު ނުލިބޭތީ އަބަދުވެސް ގިނަ ބަޔަކު އައީ ޝަކުވާކުރަމުންނެވެ.

ޙައްޖުގެ އަޅުކަން އަދާނުކޮށް ތިބި މީހުންނަށް އިސްކަންދޭގޮތަށް ރާއްޖޭން ޙައްޖަށް މީހުން ގެންދިއުމާބެހޭ އުސޫލަށް ބަދަލުގެންނެވުމަށް އެމަނިކުފާނު ވަނީ ނިންމަވާފައެވެ. ޙައްޖު ކޯޕަރޭޝަނުން ގެ ކިޔޫގައި ތިބި މީހުންގެ ތެރޭގައި އަލަށް ޙައްޖަށް ދިއުމަށް އެދިފައިވަނީ 8623 މީހުންނެވެ. އެއީ 65 އަހަރުން ދަށުގެ 7150 މީހުންނާއި 65 އަހަރާއި 75 އަހަރާ ދެމެދުގެ 1370 މީހުން އަދި 75 އަހަރުން މަތީގެ 103 މީހުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު