މޯލްޑިވްސް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަޤާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ވަނަވަރު އާންމުކޮށްފިއެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން މާރިޗު 20 ވަނަ ދުވަހުގެ ރޭ ހައްޔަރުކޮށްފައިވަނީ މޫނިމާގެ / ތ. ބުރުނީ، މުޙައްމަދު އަލްސަން އިސްމާޢީލް (21 އ) އާއި ގ. ހެޕީސައިޑް / ކ. މާލެ، އިބްރާހީމް އަޙްމަދު (37 އ) އަދި ގ. ހެޕީސައިޑް / ކ. މާލެ، ޙަސަން ސަހެޝާން (47 އ) ކަމަށެވެ.
މީގެ އިތުރުން ކުރީގެ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، ގ. ލިޓޯނިޔާ / ކ. މާލެ، މުޙައްމަދު ޝަމްޢާން ވަޙީދު (36 އ) ވެސް މާރިޗު 21 ވަނަ ދުވަހުގެ ރޭ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އަދި އޭގެ އިތުރުން މ. ހަޒާރީވިލާ / ކ. މާލެ، އަޙްމަދު ލައްސާން (40 އ) ވެސް މި މައްސަލައާ ގުޅިގެން މިއަދުގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ދަނީ މިހާރު މި މައްސަލަ ތަޙުޤީޤު ކުރަމުންނެވެ.
މި ލިޔުން ކިޔާލުމުން