Saturday, October 31
ޖަލުގައި ޙުކުމް ތަންފީޒު ކުރަމުން ދިޔަ ޤައިދީއަކު މަރުވެއްޖެ

މާފުށީ ޖަލުގައި ޙުކުމް ތަންފީޒުކުރަމުންދިޔަ ގައިދީއެއް މިއަދު ހަވީރު ދަންޖަހައިގެން މަރުވެއްޖެއެވެ.

މަރުވި ގައިދީއަކީ ސ. މަރަދޫ / ފޯ ފްލާވަރ އިބްރާހިމް ޝަމްވީލް (23 އަހަރު) އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން މަޢުލޫމާތު ދިންގޮތުގައި، މިއަދު ހަވީރު 4:20 ހާއިރު އިބްރާހިމް ޝަމްވީލް އޭނާގެ ގޮޅީގައި ދަންޖަހާފައި ހުއްޓާ ފެނުމުން، ވަގުތުން އޭނާ ވަނީ މާފުށީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. ނަމަވެސް 4:55 ގައި އޭނާ މަރުވެފައިވާކަމަށް ޑޮކްޓަރުން ވަނީ ކަނޑައަޅާފައެވެ.

އިބްރާހިމް ޝަމްވީލްއަކީ މީހެއްގެ ފުރާނައަށް ގެއްލުމެއް ދީފާނެކަމުގެ ބިރުދައްކާ އެފަދަ ކަމެއް ކޮށްފާނެ ކަމުގެ ކުށުގައި 1 އަހަރާއި 6 މަސް ދުވަހުގެ ޙުކުމެއް ތަންފީޒުކުރަމުންދިޔަ މީހެކެވެ.

ކަރެކްޝަންސްއިން ބުނީ، މި ހާދިސާއާ ގުޅިގެން ވަގުތުން މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި، މަރުހޫމްގެ ޢާއިލާއަށާއި، އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށާއި، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި، ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް އެންގި ކަމަަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު