Saturday, October 31
ތެލަސީމިއާ ސެންޓަރަށް އިންޓާނަލީ ގެންނަންޖެހޭ ބަދަލުތައް ވަރަށް އަވަހަށް ގެނެވޭނެ: ރައީސް
ތެލަސީމިއާ ސެންޓަރަށް އިންޓާނަލީ ގެންނަންޖެހޭ ބަދަލުތައް ވަރަށް އަވަހަށް ގެންނަވާނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ތެލަސީމިއާ ކުދިންނާއި އެކުދިންގެ ބެލެނިވެރިންގެ ކަންބޮޑުވުންތަކާއި ގުޅިގެން އެމަނިކުފާނު މިއަދު ވަނީ ތެލެސީމިއާ ސެންޓަރ އަދި ތެލެސީއާ ސެންޓަރު މިހާރު ބަދަލުކުރުމަށް ހަމަޖެހިފައިވާ ހުޅުމާލޭގެ " އޮރެންޖް ހިޔާ" އަށްވެސް ވަޑައިގެން ތެލެސީމިއާ ކުދިންގެ ކަންކަން ވަރަށް ގާތުން ބައްލަވާލައްވާފައެވެ. އެގޮތުން ތެލަސީމިއާ ކުދިންނަށް ދިމާވާ ދަތިތަކަށް ހައްލު ހޯއްދެއްވުމުގެ މަސައްކަތް ކުރިއަށްގެންދަވާނީ އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވަނީ ވިދާޅުވެފައެވެ. މާލޭގައި ތެލަސީމިއާ ސެންޓަރު ހިންގާ މުއްދަތުގައި އެތަނުގައި ދެމުންގެންދާ ހިދުމަތް ރަނގަޅު ކުރުމަށް މަސައްކަތްތަކެއް ކުރެއްވުމަށް ވަނީ ނިންމަވާފައެވެ. އެގޮތުން އެ ސެންޓަރަށް ޑިރެކްޓަރ ޖެނެރަލްގެ މަޤާމް ހަމަޖެއްސުމާއި، މިހާރު ދިމާވެފައިވާ ފިލްޓަރުގެ މައްސަލަ ހައްލުކުރަން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ވަނީ ނިންމަވާފައެވެ.  ރައީސް ވިދާޅުވީ ހުޅުމާލެއަށް ތެލަސީމިއާ ސެންޓަރުގެ މަސައްކަތްތައް ބަދަލުކުރައްވާނީ ރަނގަޅު ހިދުމަތްތަކާއެކު ކަމަށެވެ.    

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު